ކުރިމަތިވެފައިވާ ބޮޑު މުޞީބާތެއްގެ ސަބަބުން މަރުވުމަށް އެދެވިދާނެތަ؟

ޖަވާބު: الحمد لله އެފަދއިން އެދުމަކީ ގޯސްކަމެކެވެ. އެއްވެސް މުއުމިނަކަށް މަރުވުމަށް އެދުން ހުއްދައެއް ނުވާނެއެވެ. އެހެންނަމަވެސް، އެމީހާއަށް ދިމާވެފައިވާ ބޮޑުކަމެއްގެ ސަބަބުން، ނަފްސަށް މަޖުބޫރުވެ ކޮންމެހެންވެސް އެކަމަށް އެދެވޭގޮތްވާނަމަ، އެކަމާއިގުޅިގެން ވާރިދުވެފައިވާ ދުޢާއިން ﷲ ތަޢާލާއަށް ދުޢާކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. (( ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހަކަށް ކުރިމަތިވެފައިވާ ގެއްލުމެއްގެ ނުވަތަ ދަތިކަމެއްގެ ސަބަބުން މަރުވުމަށް ނޭދޭހުށިކަމެވެ. ފަހެ އެމީހަކީ ކޮންމެހެންވެސް އެކަމަށް އެދެވޭމީހަކަށްވާނަމަ، […]