[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުރިމަތިވެފައިވާ ބޮޑު މުޞީބާތެއްގެ ސަބަބުން މަރުވުމަށް އެދެވިދާނެތަ؟

2719853682_1

ޖަވާބު:

الحمد لله

އެފަދއިން އެދުމަކީ ގޯސްކަމެކެވެ. އެއްވެސް މުއުމިނަކަށް މަރުވުމަށް އެދުން ހުއްދައެއް ނުވާނެއެވެ. އެހެންނަމަވެސް، އެމީހާއަށް ދިމާވެފައިވާ ބޮޑުކަމެއްގެ ސަބަބުން، ނަފްސަށް މަޖުބޫރުވެ ކޮންމެހެންވެސް އެކަމަށް އެދެވޭގޮތްވާނަމަ، އެކަމާއިގުޅިގެން ވާރިދުވެފައިވާ ދުޢާއިން ﷲ ތަޢާލާއަށް ދުޢާކުރާށެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. (( ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އެމީހަކަށް ކުރިމަތިވެފައިވާ ގެއްލުމެއްގެ ނުވަތަ ދަތިކަމެއްގެ ސަބަބުން މަރުވުމަށް ނޭދޭހުށިކަމެވެ. ފަހެ އެމީހަކީ ކޮންމެހެންވެސް އެކަމަށް އެދެވޭމީހަކަށްވާނަމަ، އެމީހަކު މިފަދައިން ބުނާހުށިކަމެވެ. އޭ ﷲ! ދިރިހުރުމަކީ މި އަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ، މި އަޅާ ދިރި ދަމަހައްޓަވާފާންދެއެވެ. އަދި މަރުވުން އެއީ މިއަޅާއަށް އެއްމެ ހެޔޮގޮތް ކަމުގައިވާނަމަ މިއަޅާ މަރުގަންނަވާފާންދެވެ. )) – މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީ ރަޙިމަހުﷲ –

ޖަވާބު ގެ އަސްލު ފަތުވާ(islamqa.info)