ނަމާދު ( الصلاة ) – 4

ޤަސްދުގައި ނަމާދު ވަޤުތު ފާއިތުކުރާމީހާގެ ޙުކުމަކީ ކޮބާ؟ މި މައްސަލާގައި ޢިލްމުވެރިންގެ ރައުޔު ތަފާތުވެފައި ވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި ޤަސްދުގައި އެއްމެ ނަމާދެއްވެސް، ޝަރުޢީ ޢުޒުރަކާއި ނުލައި ވަޤުތު ފާއިތުވަންދެން ލަސްކޮށްފި މީހާ، ކާފަރުވާނެއެވެ. ސަޢޫދީ އަރަބިއްޔާގެ ލަޖްނަތު އައްދާއިމާ ގެ ފަތުވާއަކީ މިއީ އެވެ. އަދި ފަޟީލަތުއްޝައިޚް ޢަބްދުލް ޢަޒީޒް ބުން ބާޒް ރަޙިމަހުﷲ ގެ ޤައުލަކީވެސް މިއީއެވެ. އަދި ނަމާދު ކުރުން އެއްކޮށް ދޫކޮށްލައިފި މީހާ މެނުވީ މިއްލަތުން ބޭރުނުވާނެ ކަމަށް ބައެއް […]