ބަލިމީހާއަށްޓަކައި ކޮށްދޭންވީ ދުޢާ

ބަލިމީހާއަށްޓަކައި ހެޔޮ ދުޢާކޮށްދިނުމަކީ ބަލިމީހާއަށް ޒިޔާރަތްކުރުމުގެ އަދަބުތަކުގެ ތެރެއިން ވާކަމެކެވެ. އެހެނީ ބަލިމީހާއަށް އެންމެބޮޑަށް ބޭނުންވާކަމަކީ ބަލިން ޝިފާލިބުމެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ އެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. وَإِذَا مَرِضْتُ فَهُوَ يَشْفِينِ (الشعراء 80) މާނައީ: “އަދި އަހުރެން ބަލިވެއްޖެނަމަ، ފަހެ ޝިފާދެއްވަނީ އެއިލާހެވެ.” އެހެންކަމުން ބަލިމީހާއަށް ކޮށްދެވޭނެ އެންމެ މުހިއްމު އަދި އެންމެ ބޭނުންތެރިކަމަކީ ބަލިމީހާއަށް ޝިފާދެއްވުމަށްޓަކައި ﷲ ގެ ޙަޟްރަތުން އެދޭ އެދުމެވެ. ބަލިމީހުންނަށް ދުޢާކުރުމަކީ މާތް […]
ކަހްފު ސޫރަތުގެ ތަރުޖަމާ 39-44

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَنِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾ އަދި ކަލޭގެ ބަގީޗާއަށް ، ކަލޭ ވަންހިނދު ، (ޝުކުރު ކުރުމުގެގޮތުން: “މިއީ ތިމަންނާއަށް) اللّه އިރާދަކޮށްދެއްވި ނިޢުމަތެއް ކަމުގައާއި އަދި މިތަކެތި ޙާޞިލްކުރުމުގައި އެއްވެސް ބާރެއް اللّه ގެ ޙަޟްރަތުން މެނުވީ ލިބިގެން ނުވޭ” ބުނިނަމަ ކޮންފަދަ ހެއްޔެވެ! – ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި […]