[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކަހްފު ސޫރަތުގެ ތަރުޖަމާ 39-44

kahf pic

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَ‌نِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾

އަދި ކަލޭގެ ބަގީޗާއަށް ، ކަލޭ ވަންހިނދު ، (ޝުކުރު ކުރުމުގެގޮތުން: “މިއީ ތިމަންނާއަށް) اللّه އިރާދަކޮށްދެއްވި ނިޢުމަތެއް ކަމުގައާއި އަދި މިތަކެތި ޙާޞިލްކުރުމުގައި އެއްވެސް ބާރެއް اللّه ގެ ޙަޟްރަތުން މެނުވީ ލިބިގެން ނުވޭ” ބުނިނަމަ ކޮންފަދަ ހެއްޔެވެ! – ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނު ކަމުގައި ވިޔަސްމެއެވެ. —

 فَعَسَىٰ رَ‌بِّي أَن يُؤْتِيَنِ خَيْرً‌ا مِّن جَنَّتِكَ وَيُرْ‌سِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾

— ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ ބަގީޗާއެއް އަހުރެންގެ ރައްބު އަހުރެންނަށް ދެއްވަފާނެތެވެ! އަދި (ކިބުރުވެރިކަމާއި ނިޢުމަތަށް ޝުކުރުވެރި ނުވުމުގެ ނަތީޖާއެއްގެ ގޮތުން) ކަލޭގެ އެ ބަގީޗާގެ މައްޗަށް އެކަލާނގެ އުޑުން އާފާތެއް ފޮނުއްވަފާނެތެވެ. އެހިނދުން ، (އެންމެ ގަހެއްވެސް ހަރުނުލާ ފަދަ) ކައްސާ އޮމާން ބިމަކަށް އެތަން ވެދާނެތެވެ.

 أَوْ يُصْبِحَ مَاؤُهَا غَوْرً‌ا فَلَن تَسْتَطِيعَ لَهُ طَلَبًا ﴿٤١﴾

ނުވަތަ ، އެތާނގެ ފެން ، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނދިގެން ހިނގައިދާނެތެވެ. ދެން އެ ފެން އަނބުރާ އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ”.

 وَأُحِيطَ بِثَمَرِ‌هِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَا أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُ‌وشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِ‌كْ بِرَ‌بِّي أَحَدًا ﴿٤٢﴾

އަދި (ޢަޛާބެއް ފޮނުއްވާ) އޭނާގެ މޭވާތައް ވަށާލެވުނެވެ. (އޭނާގެ މޭވާތައް ބަގީޗާއާއެކު ، އެކީއެކައްޗަކަށް ހަލާކުވެ ނެތި ހިނގައްޖެއެވެ). އެބަގީޗާ ތެރޭގައިވީ އެންމެހާ ތަކެތި އެކަތިއަނެކެތީގެ މައްޗަށް ވެއްޓި (މުޅި ބަގީޗާ ސުންނާފަތިވެފައިވާ މަންޒަރު ފެނި) އަދި ބަގީޗާ ހެއްދުމަށް އޭނާކުޅަ ހޭދައާއި ޚަރަދުތަކުގެ މައްޗަށް (ހިތާމަކުރާ ޙާލު) ، ދެއަތް ފުރޮޅަފުރޮޅައިހުރެ ބުނެތެވެ: “އޭ ސަހަރޯއެވެ! އަހުރެންގެ ރައްބާ އެކަކުވެސް އަހުރެން ޝަރީކު ނުކުރިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ”.

 وَلَمْ تَكُن لَّهُ فِئَةٌ يَنصُرُ‌ونَهُ مِن دُونِ اللَّـهِ وَمَا كَانَ مُنتَصِرً‌ا ﴿٤٣﴾

އަދި اللّه ފިޔަވައި ، އޭނާއަށް އެހީތެރިވެދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަށް ކުރިމަތިވި މުޞީބާތް ހުއްޓުވައި (މަނާކުރެވޭނެ) މީހަކު ކަމުގައި ޚުދު އޭނާވެސް ނުވިއެވެ.

 هُنَالِكَ الْوَلَايَةُ لِلَّـهِ الْحَقِّ ۚ هُوَ خَيْرٌ‌ ثَوَابًا وَخَيْرٌ‌ عُقْبًا ﴿٤٤﴾

އެތާނގައި (އެފަދަ ޙާލަތްތަކުގައި) އެހީތެރިކަމާއި މަދަދު ދެއްވުން މިލްކުވެވޮޑިގެންވަނީ ހަމައެކަނި ، ޙައްޤުވަންތަ اللّه އަށެވެ. އެކަލާނގެއީ، ޘަވާބު ދެއްވުމުގަޔާއި އެންމެފަހުގެ ނިމުން ދެއްކެވުމުގައި ، އެންމެހެޔޮ ރަސްކަލާނގެއެވެ.