މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 22

އިމްތިޙާނުކުރެއްވީއޭ ބުނެވޭބަހުގެ މުރާދަކީ ދޮގުވެރިންގެ ތެރެއިން ތެދުވެރިން ވަކިކުރެއްވުމަށްޓަކައި އިމްތިޙާނުކުރެއްވުމެވެ. އެހެނީ ﷲއާއި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވާކަމަށް ބުނާމީހާ އެކަމަށް ހެކިދައްކާ ޘާބިތުކޮށްދޭން ޖެހޭނެއެވެ. އެކަމުގެ ހެއްކަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށް ތަބާވުމެވެ.
ޙައިޟުވުން ހުއްޓުވުމަށްޓަކައި ރަމަޟާންމަހުގައި ބޭސް ބޭނުންކުރުން ހުއްދަތަ؟

އެފަދަ ބޭހެއް ބޭނުންކުރުމުން، ޑޮކްޓަރުންނާއި އަދި އެކަމުގެ ޢިލްމު ލިބިފައިހުރި ކަމުގެ އަހުލުވެރިންގެ ތެރެއިން އިތުބާރުހުރި ފަރާތަކުން، އެ އަންހެން މީހާއަށާއި އޭނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުމެއް ނުލިބޭނެކަމަށް އިޤުރާރުވާނަމަ، އެފަދަ ބޭހެއް ބޭނުންކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އޭނާއަށް އެންމެ ފައިދާހުރި ރަނގަޅު ގޮތަކަށްވާނީ އެފަދަ ކަމެއްކުރުމުން ދުރުހެލިވުމެވެ. އެހެނީ، ރޯދަމަހު އަންހެނާ ޙައިޟުވުމުން، ޙައިޟުގެ ދުވަސްވަރު ރޯދައަށް ހުންނަން ނުޖެހުން، އެއީ ލުޔެއް ކަމުގައި އޭނާއަށް ﷲ ތަޢާލާ ލައްވާފައި ވެއެވެ. އަދި އޭގެ ސަބަބުން […]