ކަހްފު ސޫރަތުގެ ތަރުޖަމާ 89-101

ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾ ދެން އެކަލޭގެފާނު (اللّه ދެއްވި ޢިލްމާއި ވަޞީލަތްތަކުގެ އެހީގައި މަގަކުން އަނެއްކާވެސް) ކުރިޔަށް ވަޑައިގަތެވެ. حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾ އިރުއަރާތަނަށް އެކަލޭގެފާނު ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ، އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަށް ލައްވާފައިނުވާ ބަޔަކުމީހުންގެ މައްޗަށް އިރުއަރާތީ ، އެކަލޭގެފާނަށް ފެނިވަޑައިގަތެވެ. كَذَٰلِكَ وَقَدْ أَحَطْنَا بِمَا […]