ثُمَّ أَتْبَعَ سَبَبًا ﴿٨٩﴾
ދެން އެކަލޭގެފާނު (اللّه ދެއްވި ޢިލްމާއި ވަޞީލަތްތަކުގެ އެހީގައި މަގަކުން އަނެއްކާވެސް) ކުރިޔަށް ވަޑައިގަތެވެ.
حَتَّىٰ إِذَا بَلَغَ مَطْلِعَ الشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُم مِّن دُونِهَا سِتْرًا ﴿٩٠﴾
އިރުއަރާތަނަށް އެކަލޭގެފާނު ވަޑައިގަތުމަށް ދާނދެނެވެ. އެހިނދު ، އިރުގެ ހޫނުން ސަލާމަތްވާނެ އެއްވެސްކަހަލަ ނިވަލެއް ތިމަންރަސްކަލާނގެ އެއުރެންނަށް ލައްވާފައިނުވާ ބަޔަކުމީހުންގެ މައްޗަށް އިރުއަރާތީ ، އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.
كَذَٰلِكَ وَقَدْ أَحَطْنَا بِمَا لَدَيْهِ خُبْرًا ﴿٩١﴾
ކަންހުރީ އެފަދައިންނެވެ. ހަމަކަށަވަރުން ، އެކަލޭގެފާނުގެ ހުރިހާ ކަމެއްގެ ޚަބަރު ތިމަންރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމެވެ.
ثُمَّ أَتْبَعَ سَبَبًا ﴿٩٢﴾
ދެންވެސް އެކަލޭގެފާނު (اللّه ދެއްވި ޢިލްމާއި ވަޞީލަތްތަކުގެ އެހީގައި މަގަކުން އަނެއްކާވެސް) ކުރިޔަށް ވަޑައިގަތެވެ.
حَتَّىٰ إِذَا بَلَغَ بَيْنَ السَّدَّيْنِ وَجَدَ مِن دُونِهِمَا قَوْمًا لَّا يَكَادُونَ يَفْقَهُونَ قَوْلًا ﴿٩٣﴾
ދެފަރުބަދަ ދެމެދަށް އެކަލޭގެފާނު ވަޑައިގަތުމަށް ދާނދެނެވެ. އެތާނގެ ކައިރިން އެކަލޭގެފާނަށް ބަޔަކުމީހުން ފެނިވަޑައިގަތެވެ. އެބައިމީހުންނާ މީހަކު ދައްކާ ވާހަކައެއް އެނގުމަކާ ގާތްވެސް ނުވެއެވެ.
قَالُوا يَا ذَا الْقَرْنَيْنِ إِنَّ يَأْجُوجَ وَمَأْجُوجَ مُفْسِدُونَ فِي الْأَرْضِ فَهَلْ نَجْعَلُ لَكَ خَرْجًا عَلَىٰ أَن تَجْعَلَ بَيْنَنَا وَبَيْنَهُمْ سَدًّا ﴿٩٤﴾
އެއުރެން ބުންޏެއެވެ:” އޭ ޛުލްޤަރްނައިން އެވެ! ހަމަކަށަވަރުން ، ޔައުޖޫޖު މައުޖޫޖުބާގައި މީހުންނަކީ ، ބިމުގައި ފަސާދަކޮށްއުޅޭ ބަޔެކެވެ. ފަހެ ، ކަލޭގެފާނު ތިމަންމެންނާ އެއުރެންނާ ދެމެދުގައި ހުރަހެއް ލައްވައިދެއްވާނެކަމަށް ކަލޭގެފާނަށް ތިމަންމެން އަގެއް ދެންތޯއެވެ؟”
قَالَ مَا مَكَّنِّي فِيهِ رَبِّي خَيْرٌ فَأَعِينُونِي بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންކަލޭގެފާނުގެ ރައްބު އެކަމުގައި ތިމަންކަލޭގެފާނަށް ދެއްވާފައިވާ ބާރު (ތިޔަ އަގަށް ވުރެ) މާރަނގަޅެވެ. ފަހެ ، ތިޔަބައިމީހުން (މަސައްކަތް ކުރާނެ މީހުން ހޯދައި) ބާރެއްލައިދީ ، ތިމަންކަލޭގެފާނަށް ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ.
آتُونِي زُبَرَ الْحَدِيدِ ۖ حَتَّىٰ إِذَا سَاوَىٰ بَيْنَ الصَّدَفَيْنِ قَالَ انفُخُوا ۖ حَتَّىٰ إِذَا جَعَلَهُ نَارًا قَالَ آتُونِي أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾
ތިމަންކަލޭގެފާނަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ!” ދެން އެދެފަރުބަދަ ދޭތެރޭގައި އޮތްތަން އެއްވަރުވީހިނދު ، އެކަލޭގެފާނު ވިދާޅުވިއެވެ: “(އެ ދަގަނޑުތައް ދޮންވެއްޖައުމަށް ދާނދެން) ތިޔަބައިމީހުން (އެއަލިފާންގަނޑަށް) ވިހޭށެވެ”. (ދެއަށްފަހު) އެކަލޭގެފާނު ވިދާޅުވިއެވެ: “(އެތަކެތި) ތިމަންކަލޭގެފާނަށް ގެނެސްދޭށެވެ. ތިމަންކަލޭގެފާނު އެތަނަށް ލޮއި އޮއްސާހުށީމެވެ”.
فَمَا اسْطَاعُوا أَن يَظْهَرُوهُ وَمَا اسْتَطَاعُوا لَهُ نَقْبًا ﴿٩٧﴾
ފަހެ ، އެ ހުރަހުގެ މަތިން އެއުރެންނަށް (ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުނަނަށް) އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށްވެސް ، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ.
قَالَ هَـٰذَا رَحْمَةٌ مِّن رَّبِّي ۖ فَإِذَا جَاءَ وَعْدُ رَبِّي جَعَلَهُ دَكَّاءَ ۖ وَكَانَ وَعْدُ رَبِّي حَقًّا ﴿٩٨﴾
އެކަލޭގެފާނު ވިދާޅުވިއެވެ: “މިއީ ތިމަންކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުންވާ ރަޙްމަތެކެވެ. ފަހެ ، ތިމަންކަލޭފާނުގެ ރައްބުގެ ވަޢުދުފުޅު (ގެ ވަގުތު) އައުމުން ، އެހުރަސް ކުނޑިކުނޑިވެގެން ބިމާ ހަމަވެގެން ހިނގައިދާހުއްޓެވެ. އަދި ތިމަންކަލޭގެފާނުގެ ރައްބުގެ ވަޢުދުފުޅު ، ޙައްޤު ތެދުކަމުގައިވިއެވެ”.
وَتَرَكْنَا بَعْضَهُمْ يَوْمَئِذٍ يَمُوجُ فِي بَعْضٍ ۖ وَنُفِخَ فِي الصُّورِ فَجَمَعْنَاهُمْ جَمْعًا ﴿٩٩﴾
އެދުވަހުން ، ތިމަންރަސްކަލާނގެ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް (ރާޅުތައް ފަދައިން އެއްބަޔަކު އަނެއް ބަޔަކާ އެކުވެ) އުތުރިއަރާގޮތަށް ދޫކޮށްލައްވާ ހުށީމެވެ. އަދި ތާޅަފިލި ފުމެލެއްވޭހުށްޓެވެ. ފަހެ ، އެހާރުން ތިމަންރަސްކަލާނގެ އެއުރެން އެންމެން ޖަމާކޮށް އެއްކުރައްވާ ހުށީމެވެ.
وَعَرَضْنَا جَهَنَّمَ يَوْمَئِذٍ لِّلْكَافِرِينَ عَرْضًا ﴿١٠٠﴾
އަދި އެދުވަހުން ، ކާފަރުންނަށް ފެންނަގޮތަށް ތިމަންރަސްކަލާނގެ ނަރަކަ ހުށަހަޅުއްވާ ހުށީމެވެ.
الَّذِينَ كَانَتْ أَعْيُنُهُمْ فِي غِطَاءٍ عَن ذِكْرِي وَكَانُوا لَا يَسْتَطِيعُونَ سَمْعًا ﴿١٠١﴾
އެއުރެންނަކީ ، ތިމަންރަސްކަލާނގެ ޛިކުރުން (އެބަހީ: ﷲ ތަޢާލާގެ ޥަޙީބަސްފުޅުން) އެއުރެންގެ ލޯތައް ފަރުދާވެގެންވީ މީހުންނެވެ. އަދި (އެ) އަޑުއެހުމަށް ކުޅަދާނަވެގެނނުވާ ބަޔަކު ކަމުގައި އެއުރެންވިއެވެ.
…