ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 47 “އިސްވެދިއަ އުއްމަތްތަކުގެ ގޮތްތަކަށް ތަބާވުން.”

އ. އިސްވެދިއަ އުއްމަތްތަކުގެ ގޮތްތަކަށް ތަބާވުން: ބޮޑެތި ފިތުނަ ތަކުގެ ތެރޭގައި، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާވެ އެބައިމީހުންނަށް ލެނބުން ހިމެނެއެވެ. ފަހެ މުސްލިމުންގެ ބަޔަކު ކާފަރުންނަށް ތަބާވެ އެބައިމީހުންނާ ވައްތަރުވެގަނެއެވެ. އަދި އެބައިމީހުންގެ އަޚްލާޤުން އަޚްލާޤު ލިބިގަނެ އެބައިމީހުންނާ ރުހެއެވެ. ދެންފަހެ މިއީ ނަބިއްޔާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ކަންކަމުގެ ތެދުކަމެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައި […]