ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 48 “ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން.”

7. ނަބީކަމަށް ދަޢުވާކުރާ މީހުން ފާޅުވުން: ފާޅުވެފައިވާ ޢަލާމާތްތަކުގެ ތެރޭގައި، ނަބީކަމަށް ދަޢުވާކުރާ ކައްޒާބުން (ދޮގުވެރީން) ފާޅުވުން ހިމެނެއެވެ. އެއީ ގާތްގަނޑަކަށް ތިރީހަކަށް ކައްޒާބުންނެވެ. އޭގެތެރެއިން ބަޔަކު ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައާއި ޞަޙާބީންގެ ޒަމާނުގައި ފާޅުވިއެވެ. އަދި އެބައިމީހުން ފާޅުވޭވެހުރުން ހުއްޓުމަކަށް ނާދެތެވެ. އަދި ޙަދީޘްތަކުގައި ކަނޑައެޅިފައިވާ [ނަބީކަމަށް ދަޢުވާކުރުމުގެ] މުރާދަކީ ނަބިއްޔެއްކަމުގައި ދަޢުވާކުރާ ކޮންމެ މީހެއް ނުމެނޫންމެއެވެ. ފަހެ އެފަދަމީހުން ގުނައި ޢަދަދު ނުކުރެވޭހާ ގިނައެވެ. އަދި އޭގެ މުރާދަކީ […]