ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 49 “އަމާންކަން ފެތުރިގެންދިޔުން.”

8. އަމާންކަން ފެތުރިގެންދިޔުން: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދިޘް ކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يَسِيرَ الرَّاكِبُ بَيْنَ العِرَاقِ وَمَكَّةَ، لاَ يَخَافُ إِلاَّ ضَلاَلَ الطَّرِيقِ))[1] މާނައީ: “މަގުގެ އަނދިރިކަން ފިޔަވައި އިތުރު ބިރަކާނުލައި، ޢިރާޤާއި މައްކާއާ ދެމެދު ދަތުރުވެރީން ދަތުރުކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާ ހުއްޓެވެ.” ހަމަކަށަވަރުން އަޞްޙާބު ބޭކަލުންގެ ޒަމާނުގައި […]