[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޤިޔާމަތްވުމުގެ ޢަލާމާތްތައް (أَشْرَاطُ السَّاعَةِ) – 49 “އަމާންކަން ފެތުރިގެންދިޔުން.”

qiyaamai vumuge

8. އަމާންކަން ފެތުރިގެންދިޔުން:

އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދިޘް ކުރެއްވިއެވެ. ((لاَ تَقُومُ السَّاعَةُ حَتَّى يَسِيرَ الرَّاكِبُ بَيْنَ العِرَاقِ وَمَكَّةَ، لاَ يَخَافُ إِلاَّ ضَلاَلَ الطَّرِيقِ))[1] މާނައީ: “މަގުގެ އަނދިރިކަން ފިޔަވައި އިތުރު ބިރަކާނުލައި، ޢިރާޤާއި މައްކާއާ ދެމެދު ދަތުރުވެރީން ދަތުރުކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާ ހުއްޓެވެ.”

ހަމަކަށަވަރުން އަޞްޙާބު ބޭކަލުންގެ ޒަމާނުގައި މިކަން ވަނީ ހިނގައިފައެވެ. އެއީ މުސްލިމުން ފަތަޙަ ކުރި ޤައުމުތަކުގައި އިސްލާމްދީނާއި އެދީނުގެ ޢަދުލުވެރިކަން ޢާންމުވެގެން ދިއަހިނދުގައެވެ.

ނަންގަނެވިދިއަ ކަންތަކަށް ބާރުލިއްބައިދެނީ ޢަދިއްޔު رضي الله عنه އަށް ނަބިއްޔާ صلى الله عليه وسلم މިފަދައިން ޙަދީޘް ކުރެއްވުންނެވެ: ((يَا عَدِيُّ! هَلْ رَأَيْتَ الْحِيرَةَ؟ قُلْتُ: لَمْ أَرَهَا، وَقَدْ أُنْبِئْتُ عَنْهَا. قَالَ: فَإِنْ طَالَتْ بِكَ حَيَاةٌ فَلَتَرَيَنَّ الظَّعِينَةَ تَرْتَحِلُ مِنَ الْحِيرَةِ حَتَّى تَطُوفَ بِالْكَعْبَةِ؛ لَا تَخَافُ إِلَّا اللَّهُ…))[2] “އޭ ޢަދިއްޔު އެވެ! ކަލޭގެފާނު ޙީރާ ދެކެވަޑައިގެނެވިންތޯއެވެ. (އެބަހީ ވަޑައިގެންނެވިންތޯއެވެ) ތިމަންކަލޭގެފާނު ދެންނެވީމެވެ. ނޫނެކެވެ. ވަޑައެއް ނުގަންނަވަމެވެ. އަދި ހަމަކަށަވަރުން އެރަށާ ބެހޭ ވާހަކަ އައްސަވަމެވެ. ޙަދީޘް ކުރެއްވިއެވެ. ފަހެ ﷲ ފިޔަވައި އެއްވެސް ފަރާތަކަށް ބިރެއްނެތި، އަންހެނަކު ޙީރާއިން ފުރައިގެން ކަޢުބާގެ އަރިހަށް ގޮސް ޠޮވާފުކުރާތަން ކަލޭގެފާނުގެ ޢުމުރުފުޅު ދިގުވެއްޖެނަމަ ފެނިވަޑައިގަންނަވާނެއެވެ.”

ދެންފަހެ މަހުދީގެފާނާއި ޢީސާ عليه السلام ގެ ޒަމާނުގައި އަހުވައާއި އަނިޔާވެރިކަމުގެ ތަންތަނަށް ޢަދުލުވެރިކަން ފެތުރުމާ އެކުވެސް އެފަދައިން (އެބަހީ އަމާންކަން) ވެރިވާނެތެވެ.

 =ނުނިމޭ=

__________________________________________

[1]  ((مسند أحمد)) (2 / 370 – 371 – بهامشة منتخب الكنز).

قال الهيثمي: ((رواه أحمد، ورجاله رجال الصحيح)) ((مجمع الزوائد)) (7 / 331).

[2]  ތަޚްރީޖް އިސްވެ ހިނގައްޖެއެވެ.