އަދި އެމީހުންނަށް އެނގޭ ނަމަ… 3

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު (( ولَوْ يعْلَمُون مَا فِي العَتَمَةِ والصُّبْحِ لأتوهمُا ولَوْ حبوًا )) މާނަ: (( އަދި ޢިޝާ ނަމާދާއި ފަތިސްނަމާދުގައިވާ ހެޔޮކަން އެނގޭ ނަމަ އެމީހުން އެ ދެނަމާދަށް، ފިރުކިފައިވެސް އަންނާނެތެވެ. )) ((العَتَمَةِ )) އަކީ ޢިޝާ ނަމާދެވެ. އެކަލޭގެފާނުގެ މި ބަސްފުޅަށް ބަލާލާއިރު ޢިޝާ ނަމާދާއި ފަތިސްނަމާދުގެ ޖަމާޢަތަށް ހާޟިރުވުމަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާ މިންވަރު ހާމަވެގެން އެބަދެއެވެ. އަދި މި ދެނަމާދުގައިވާ […]