އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް.

الحمد لله رب العالمين. الصلاة و السلام على محمد و آله صحبه أجمعين و بعد: އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ޙަރާމްވެގެންވާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. (1) އަންހެނުންނާއި ފިރިހެނުންނަށްވެސް އިސްތަށީގައި ކަޅުކުލަ ޖެއްސުން ޙަރާމްވެގެންވެއެވެ. (2) ބައެއް ޢިލްމުވެރިން އަންހެނުންނަށް ޒީނަތެއްގެ ގޮތުގައި ހުއްދަކުރެއްވިކަމުގައި ވިޔަސް ރަނގަޅު ގޮތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ޙަރާމްވެގެންވުމެވެ.(3) އެގޮތުން އިސްތަށީގައި ކަޅުކުލަ ޖެއްސުމާއި ބެހޭގޮތުން ނަހީ އައިސްފައިވާ ބައެއް ޙަދީޘްތައް […]