[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްތަށީގައި ކަޅުކުލަ ޖެއްސުމުގެ ޙުކުމް.

السوادالحمد لله رب العالمين. الصلاة و السلام على محمد و آله صحبه أجمعين و بعد:

އިސްތަށީގައި ކަޅުކުލަ ޖެއްސުމަކީ ޙަރާމްވެގެންވާ ބޮޑެތި ފާފަތަކުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. (1) އަންހެނުންނާއި ފިރިހެނުންނަށްވެސް އިސްތަށީގައި ކަޅުކުލަ ޖެއްސުން ޙަރާމްވެގެންވެއެވެ. (2) ބައެއް ޢިލްމުވެރިން އަންހެނުންނަށް ޒީނަތެއްގެ ގޮތުގައި ހުއްދަކުރެއްވިކަމުގައި ވިޔަސް ރަނގަޅު ގޮތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ޙަރާމްވެގެންވުމެވެ.(3)

އެގޮތުން އިސްތަށީގައި ކަޅުކުލަ ޖެއްސުމާއި ބެހޭގޮތުން ނަހީ އައިސްފައިވާ ބައެއް ޙަދީޘްތައް ތިރީގައިއެވަނީއެވެ.

  1. (أُتِيَ بِأَبِي قُحَافَةَ يَوْمَ فَتْحِ مَكَّةَ وَرَأْسُهُ وَلِحْيَتُهُ كَالثَّغَامَةِ بَيَاضًا فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ غَيِّرُوا هَذَا بِشَىْءٍ وَاجْتَنِبُوا السَّوَادَ ‏”‏ ) (4)

މާނައީ: މައްކާ ފަތަޙަކުރެވުނު ދުވަހު (އަބޫ ބަކުރު ރަޟިޔަﷲ ޢަންހު) އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤުޙާފާ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ގެންނެވިއެވެ. އޭރު އަބޫ ޤުޙާފާގެ ބޮލާއި ތުނބުޅީގެ އިސްތަށިތަކުގެ ހުދުކަން ޘަޣާމާ(ހުދުކުލައިގެ މާ އަދި ހުދުކުލައިގެ އެއްޗެއް އަޅާގަހެއް) ފަދައެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ކޮންމެސް އެއްޗެއް ބޭނުންކޮށްގެން (އަބޫ ޤުޙާފާގެ ބޮލުގެ) މިއިސްތަށިތަކުގެ ކުލަ ބަދަލުކުރާށެވެ. އަދި ކަޅުކުލަ ޖެއްސުމުން ދުރުވާށެވެ.”

މި ޙަދީޘްގައި ކަޅުކުލަ ބޭނުންނުކުރުމަށް އަމުރުކުރައްވާފައިވެއެވެ.

  1. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. (يَكُونُ قَوْمٌ يَخْضِبُونَ فِي آخِرِ الزَّمَانِ بِالسَّوَادِ، كَحَوَاصِلِ الْحَمَامِ، لَا يَرِيحُونَ رَائِحَةَ الْجَنَّةِ) (5)

މާނައީ: “ފަހު ޒަމާނުގައި ކޮތަރުގެ ބަނޑު ދަށުގައިވާ ކަޅުކުލަ ފަދައިން، (ބޮލާއި ތުނބުޅީގެ އިސްތަށީގައި) ކަޅުކުލަ ޖައްސާ ބަޔަކު އަންނާނެއެވެ. އެބައިމީހުން ސުވަރުގޭގެ ވަސްވެސް ނުދެކޭ ހުއްޓެވެ.”

މި ޙަދީޘްގައި މިވަނީ އެފަދައިން ޢަމަލުކުރާ މީހުންނަށް ވަޢީދުގެ ބަސްފުޅު އައިސްފައެވެ. އެއީ ސުވަރުގޭގެ ވަސްވެސް އެބައިމީހުންނަށް ނުލިބުމެވެ. އެހެނީ ސުވަރުގޭގެ ވަސް ފަސްސަތޭކަ އަހަރުގެ ރާސްތާ ދުރުމިނުގައިވެއެވެ. ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި (ވަޢީދުގެ) ޢަޒާބުގެ އިންޒާރު ނައްޞެއްގައި އައިސްފިކަމުގައިވާނަމަ އެކަމެއް ބޮޑު ފާފައަކަށް ވާހުއްޓެވެ. އެހެންކަމުން މިނުބައި ޢަމަލުން ސަލާމަތްވުމުގެ ތަޢުފީޤު އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށް ދެއްވާށިއެވެ.

وصلى الله وسلم على سيدنا محمد و آله صحبه أجمعين.

_______________
ބައްލަވާ.

  1. مجموع فتاوى و رسائل لابن العثيمين رحمه الله. 11/122
  2. المجموع شرح المهذب للنووي رحمه الله. 1/294
  3. فتاوى نور على الدرب لابن باز رحمه الله. رابط:

http://www.binbaz.org.sa/node/11146

  1. صحيح مسلم . رقم الحديث: 2102
  2. سنن أبي داود. رقم الحديث: 4212 و صححه الألباني رحمه الله.