އަލްޙާފިޡް އިބްނު ކަޘީރު رحمه الله

އެކަލޭގެފާނުގެ ނަންފުޅަކީ: އަބުލް ފިދާ ޢިމާދުއްދީން އިސްމާޢީލް ބުން ޢުމަރު ބުން ކަޘީރު އަލްޤުރަޝީ އަލްބުޞްރާވީ (އެބަހީ: ބުޞްރާއަށް އުފަން) ދިމިޝްޤީ (އެބަހީ: ދިމިޝްޤުގައި ކިޔަވައިވިދާޅުވެ ދިރިއުޅުއްވި) އެވެ. އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 701 ހ ގައި ބުޞްރާގައެވެ. ބައްޕާފުޅަކީ އޭރު އެއަވަށުގައި ޚުޠުބާދެއްވަން އުޅުއްވި ބޭކަލެކެވެ. އިބްނު ކަޘީރުގެ ޢުމުރުފުޅުން 4 ހަތުރުގައި ބައްޕާފުޅު އަވަހާރަވިއެވެ. އެއަށްފަހު އެކަލޭގެފާނު ބައްލަވައި ކިޔަވައިދެއްވީ ބޭބޭފުޅު ޝައިޚު ޢަބްދުލްވައްހާބެވެ. 706 ހ ގައި، އެކަލޭގެފާނުގެ ޢުމުރުފުޅުން 5 އަހަރުވުމުން […]
ނަރަކަ 21

ނަރަކަވަންތަ ވެރިންގެ ތެރެއިން އެތާނގައި ދާއިމަށް ދެމިތިބެންޖެހޭ މީހުން ނަރަކަވަންތަ ވެރިންގެ ތެރެއިން އެތާނގައި ފަނާވުމެއް ނެތި ދާއިމަށް އަބަދަށް ދެމިތިބެން ޖެހޭ ބަޔަކީ ﷲއަށް ކާފަރުވީ މީހުންނާއި އަދި މުޝްރިކުންނެވެ. ﷲ ވަޙީކުރެއްވިއެވެ. (وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ) [سورة الأعراف 36] މާނައީ: “އަދި ތިމަންރަސްކަލާނގެ އާޔަޔްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ […]