[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 21

17760

ނަރަކަވަންތަ ވެރިންގެ ތެރެއިން އެތާނގައި ދާއިމަށް ދެމިތިބެންޖެހޭ މީހުން

ނަރަކަވަންތަ ވެރިންގެ ތެރެއިން އެތާނގައި ފަނާވުމެއް ނެތި ދާއިމަށް އަބަދަށް ދެމިތިބެން ޖެހޭ ބަޔަކީ ﷲއަށް ކާފަރުވީ މީހުންނާއި އަދި މުޝްރިކުންނެވެ. ﷲ ވަޙީކުރެއްވިއެވެ.

(وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ) [سورة الأعراف 36]

މާނައީ: “އަދި ތިމަންރަސްކަލާނގެ އާޔަޔްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(لَوْ كَانَ هَـٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ) [سورة الأنبياء 99]

މާނައީ: “މި ތަކެއްޗަކީ، އިލާހުންތަކެއް ކަމުގައިވީނަމަ، އެ ތަކެތި އެ ތަނަކަށް(ނަރަކަޔަށް) ނުވަނީހެވެ. އަދި އެހުރިހާތަކެތި އެތާނގައި ދެމިތިބޭނެތެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ) [سورة الزخرف 74]

މާނައީ: “ހަމަކަށަވަރުން، ކުށްވެރިން ނަރަކައިގެ ޢަޛާބުގައި ދެމިތިބޭނެތެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا . .) [سورة فاطر 36]

މާނައީ: “އަދި ކާފިރުވިމީހުންނަށް ހުރީ ނަރަކައިގެ އަލިފާނެވެ. ފަހެ، އެއުރެން މަރުވުމަކަށް، އެއުރެންގެ މައްޗަށް ނިޔާއެއް ނުކުރައްވާނެތެވެ. އަދި ނަރަކައިގެ ޢަޛާބުން ބައެއް، އެއުރެންގެ ކިބަޔަކުން ލުޔެއްވެސް ނުމެކުރައްވާނޭމެއެވެ”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ) [سورة البقرة 39]

މާނައީ: “އަދި ކާފިރުވެ ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަ މީހުންނީ، ނަރަކަވަންތަ ވެރިންނެވެ. އެއުރެންނީ، އެ ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ أُولَـٰئِكَ عَلَيْهِمْ لَعْنَةُ اللَّـهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ ﴿١٦١﴾ خَالِدِينَ فِيهَا ۖ لَا يُخَفَّفُ عَنْهُمُ الْعَذَابُ وَلَا هُمْ يُنظَرُونَ ﴿١٦٢﴾) [سورة البقرة 161-162]

މާނައީ: ” ހަމަކަށަވަރުން ކާފިރުވެ އަދި ކާފިރުން ކަމުގައިތިބެ މަރުވި މީހުން (ދަންނާށެވެ!) އެއުރެންގެ މައްޗަށް ﷲ އާއި މަލާއިކަތުންނާއި އެންމެހާ މީސްތަކުންގެ ލަޢްނަތް ހުއްޓެވެ. އެއުރެން އެލަޢްނަތުގައި ދެމިތިބެނިވި ގޮތުގައެވެ. އެއުރެންގެ ކިބަޔަކުން ޢަޛާބެއް ލުޔެއް ނުކުރައްވާނެތެވެ. އަދި އެއުރެންނަށް (ޢަޛާބު ލިބުމުގައި) ލަހެއްވެސް ނުމެކުރައްވާނެތެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(أَلَمْ يَعْلَمُوا أَنَّهُ مَن يُحَادِدِ اللَّـهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ۚ ذَٰلِكَ الْخِزْيُ الْعَظِيمُ) [سورة التوبة 63]

މާނައީ: ” ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(مَا كَانَ لِلْمُشْرِكِينَ أَن يَعْمُرُوا مَسَاجِدَ اللَّـهِ شَاهِدِينَ عَلَىٰ أَنفُسِهِم بِالْكُفْرِ ۚ أُولَـٰئِكَ حَبِطَتْ أَعْمَالُهُمْ وَفِي النَّارِ هُمْ خَالِدُونَ) [سورة التوبة 17]

މާނައީ: ” އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކާފިރުކަމަށް ހެކިވެތިބި ޙާލުގައި، ﷲގެ މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓުމަކީ، މުޝްރިކުންނަށް އޮތްކަމެއްނޫނެވެ. އެއުރެންނަކީ، އެއުރެންގެ ޢަމަލުތައް ބާތިލް ވެފައިވާ މީހުންނެވެ. އަދި ހަމަ، އެއުރެންނީ، ނަރަކައިގައި ދެމިތިބޭނޭ ބަޔެކެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(يُرِيدُونَ أَن يَخْرُجُوا مِنَ النَّارِ وَمَا هُم بِخَارِجِينَ مِنْهَا ۖ وَلَهُمْ عَذَابٌ مُّقِيمٌ) [سورة المائدة 37]

މާނައީ: “ނަރަކައިގެ އަލިފާނުގެ ތެރެއިން ނުކުތުމަށް އެއުރެން އެދޭނެތެވެ. (ނަމަވެސް) އެތަނުން ނުކުމެވޭނޭ ބަޔަކު ކަމުގައި، އެއުރެން ނުވެތެވެ. އަދި އެއުރެންނަށް ދެމިހުންނަނިވި ޢަޛާބު  ހުށްޓެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(ثُمَّ قِيلَ لِلَّذِينَ ظَلَمُوا ذُوقُوا عَذَابَ الْخُلْدِ هَلْ تُجْزَوْنَ إِلَّا بِمَا كُنتُمْ تَكْسِبُونَ) [سورة يونس 52]

މާނައީ: “ދެން އަނިޔާވެރިވި މީހުންނަށް އަންގަވާނެތެވެ. ދެމިހުންނަނިވި ޢަޛާބުގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ! ތިޔަބައިމީހުން ހޯދައިއުޅުނު ޢަމަލުތަކުގެ ސަބަބުން މެނުވީ، ތިޔަބައިމީހުންނަށް ޖަޒާ ލިބޭހެއްޔެވެ؟”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ