މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 26
ޙައްޖަށް ނުވަތަ ޢުމްރާއަށް އަންނަ މީހާއަށް ޤަބުރުފުޅަށް ޒިޔާރަތްކުރުން ލާޒިމެއް ނޫނެވެ. އެހެންކަމުން ޙައްޖަށް ނުވަތަ ޢުމްރާއަށް އަންނަ މީހާއަށް މަދީނާއަށް ޒިޔާރަތް ނުކޮށްވެސް އެނބުރިދެވިދާނެއެވެ. އަދި މަދީނާއަށް އަންނަ މީހަކު ޙައްޖެއް އަދި ޢުމްރާއެއް ނުކޮށްވެސް އޭނާގެ އަމިއްލަ ރަށަށް ދެވިދާނެއެވެ. އަދި ޙައްޖާއި ޢުމްރާއާއި މަދީނާއަށް ޒިޔާރަތްކުރުން އެއްދަތުރެއްގައިވެސް ހިމެނިދާނެއެވެ. ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމާ ބޭހޭގޮތުން ރިވާކުރެވިފައިވާ ޙަދީޘްތަކެއްވެއެވެ. އެއް ޙަދީޘްއަކީ: (ضعيف) “من حج ولم يزرنى فقد جفانى” މާނައަކީ:” […]