[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 26

madheenah

ޙައްޖަށް ނުވަތަ ޢުމްރާއަށް އަންނަ މީހާއަށް ޤަބުރުފުޅަށް ޒިޔާރަތްކުރުން ލާޒިމެއް ނޫނެވެ. އެހެންކަމުން ޙައްޖަށް ނުވަތަ ޢުމްރާއަށް އަންނަ މީހާއަށް މަދީނާއަށް ޒިޔާރަތް ނުކޮށްވެސް އެނބުރިދެވިދާނެއެވެ. އަދި މަދީނާއަށް އަންނަ މީހަކު ޙައްޖެއް އަދި ޢުމްރާއެއް ނުކޮށްވެސް އޭނާގެ އަމިއްލަ ރަށަށް ދެވިދާނެއެވެ. އަދި ޙައްޖާއި ޢުމްރާއާއި މަދީނާއަށް ޒިޔާރަތްކުރުން އެއްދަތުރެއްގައިވެސް ހިމެނިދާނެއެވެ.

ރަސޫލާ ޞައްލަﷲޢަލައިހިވަސައްލަމަގެ ޤަބުރުފުޅަށް ޒިޔާރަތްކުރުމާ ބޭހޭގޮތުން ރިވާކުރެވިފައިވާ ޙަދީޘްތަކެއްވެއެވެ. އެއް ޙަދީޘްއަކީ:

(ضعيف) “من حج ولم يزرنى فقد جفانى”

މާނައަކީ:” ޙައްޖު ކުރުމަށްފަހުގައި ތިމަންކަލޭގެފާނުގެ (ޤަބުރުފުޅަށް) ޒިޔާރަތް ނުކުރާ މީހާ ފަހެ، ތިމަންކަލޭގެފަނާމެދު އަދަބުކުޑަކޮށްފިއެވެ.”

އަނެއް ޙަދީޘްއަކީ:

(ضعيف) “من زارنى بعد مماتى فكأنما زارنى فى حياتى “

މާނައީ: “ތިމަންކަލޭފާނު އަވަހާރަވުމަށްފަހު ތިމަންކަލޭގެފާނަށް ޒިޔާރަތްކުރިމީހާ ފަހެ، ތިމަންކަލޭގެފާނު ދިރިހުންނަވަނިކޮށް ޒިޔާރަތްކުރިފަދައެވެ.”

އަނެއް ޙަދީޘްއަކީ:

(ضعيف) “من زارنى وزار وأبي إبراهيم في عام واحد ضمنت له علي الله الجنة”

މާނައީ :” ތިމަންކަލޭގެފާނުގެ ޤަބުރުފުޅަށާއި ތިމަންކަލޭގެފާނުގެ ބައްޕާފުޅު އިބްރާހިމް ޢަލައިހިއްސަލާމުގެ ޤަބުރުފުޅަށް އެއް އަހަރެއްގައި ޒިޔާރަތް ކޮށްފިމީހަކަށް ސުވަރުގެ ލިބޭނެކަމަށް ﷲތަޢާލާގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަމެވެ.”

އަނެއް ޙަދީޘްއަކީ:

(ضعيف) “من زار قبرى وجبت له شفاعتي”

މާނައީ: “ތިމަންކަލޭގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތް ކޮށްފިމީހާއަށް ތިމަންކަލޭގެފާނުގެ ޝަފާޢަތް ވާޖިބުވެއްޖެއެވެ.” މިއެވެ.

މިޙަދީޘްތަކާ މިފަދަ އެހެން ޙަދީޘްތަކަކީ އެއިން ޙުއްޖަތް ލިބޭ ދަލީލުތަކެއް ނޫނެވެ. އެހެނީ މިއިން ބައެއް ޙަދީޘްތަކަކީ މައުޟޫޢު(އެބަހީ: މީހުން ހަދާފައިވާ) ދޮގު ޙަދީޘްތަކެވެ. އަނެއްބައި ޙަދީޘްތަކަކީ ވަރަށް ޟަޢީފް ދަރަޖައިގެ ޙަދީޘްތަކެވެ. ދާރުޤުޠްނީ އާއި ޢުޤައިލީ އާއި ބައިހަޤީ އާއި އިބްނުތައިމިޔާ އަދި އިބުނު ޙަޖަރު(ރަޙިމަހުމުﷲ) ފަދަ ޙަދީޘްހިތުދަސް ހުއްފާޡުން މިކަންތައްތައްވަނީ ބަޔާންކޮށްދެއްވާފައެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް