މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 28

ގަބުރުތަކަށް ޒިޔާރަތްކުރުމަށް ދަލާލަތުކުރާ ޙަދީޘްތަކުން، އެކަލޭގެފާނުގެ ޤަބުރުފުޅަށްވެސް ޒިޔާރަތްކުރެވޭނެކަމަށް ދަލީލު ލިބެއެވެ. މިސާލަކަށް: ((زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمْ الْآخِرَةَ)) [أخرجه مسلم في صحيحه] މާނައީ “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާތަތްކުރާށެވެ. އެހެނީ އެކަންތައް ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.” މިޙަދީޘެވެ. ނަމަވެސް ޤަބުރުފުޅުގެ ގާތުގައި ގިނައިރުކުރުމާއި މާގިނައިން ޒިޔާރަތްކޮށް ހެދުމަކީ ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން އެކަލޭގެފާނަށް އެކަލޭގެފާނާމެދު ޙައްދުފަހަނައަޅާ ދެވިދާނެތީއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް ލިބިގެންވާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި އެކަލޭފާނުގެ އުންމަތުގެ […]