[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 28

madheenah

ގަބުރުތަކަށް ޒިޔާރަތްކުރުމަށް ދަލާލަތުކުރާ ޙަދީޘްތަކުން، އެކަލޭގެފާނުގެ ޤަބުރުފުޅަށްވެސް ޒިޔާރަތްކުރެވޭނެކަމަށް ދަލީލު ލިބެއެވެ. މިސާލަކަށް:

((زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمْ الْآخِرَةَ)) [أخرجه مسلم في صحيحه]

މާނައީ “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާތަތްކުރާށެވެ. އެހެނީ އެކަންތައް ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.” މިޙަދީޘެވެ.

ނަމަވެސް ޤަބުރުފުޅުގެ ގާތުގައި ގިނައިރުކުރުމާއި މާގިނައިން ޒިޔާރަތްކޮށް ހެދުމަކީ ކުރުން އެކަށީގެންވާކަމެއް ނޫނެވެ. އެއީ އޭގެ ސަބަބުން އެކަލޭގެފާނަށް އެކަލޭގެފާނާމެދު ޙައްދުފަހަނައަޅާ ދެވިދާނެތީއެވެ. ހަމަކަށަވަރުން  ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމައަށް ލިބިގެންވާ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި އެކަލޭފާނުގެ އުންމަތުގެ މީހުންގެ ސަލާމް، މަލާއިކަތުން އެކަލޭގެފާނަށް ވާސިލުކޮށްދެއްވައެވެ.

ޙަދީޘެއްގައި ވެއެވެ.

(( إِنَّ للهِ مَلائِكَةً سَيَّاحِينَ فِي الأَرض يُبَلِّغُونِي عَنْ أُمَّتِيَ السَّلامَ)) [حديث صحيح رواه النسائى وغيره]

މާނައީ: “ބިމުގައި ދަތުރުކޮށްއުޅޭ މަލާއިކަތުން ﷲތަޢާލާއަށް ވެއެވެ. އެބޭކަލުން ތިމަންކަލޭގެފާނަށް، ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުން ދަންނަވާ ސަލާމް ފޯރުކޮށްދެއްވައެވެ.”

އަދި އެހެން ޙަދީޘެއްގައިވެއެވެ.

(( لَا تَجْعَلُوا بُيُوتَكُمْ قُبُورًا، وَلَا تَجْعَلُوا قَبْرِي عِيدًا، وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ )) [حديث صحيح رواه أبوداود وغيره]

މާނައީ:” ތިޔަބައިމީހުންގެ ގެތައް ޤަބުރުސްތާނުތަކެއްކަމުގައި ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ ޤަބުރުފުޅު ވަކިވަގުތުތަކެއް ކަނޑައަޅައިގެން ޒިޔާރަތްކުރާތަނެއްކަމުގައި ތިޔަބައިމީހުން ނުހަދާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސް ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނާއި ހިސާބަށް ވާޞިލުވާނެއެވެ.”

މިޙަދީޘްގައި އެކަލޭގެފާނުގެ ޤަބުރުފުޅަށް ވަކިވަގުތުތަކެއް ކަނޑައަޅައިގެން ޒިޔާރަތް ނުކުރުމަށް އެންގެވުމަށްފަހުގައި އޭގެ ބަދަލުގައި ކުރާނެ އެހެންކަމެއް މިވަނީ ބަޔާންކޮށްދެއްވާފައެވެ.

((… وَصَلُّوا عَلَيَّ فَإِنَّ صَلَاتَكُمْ تَبْلُغُنِي حَيْثُ كُنْتُمْ ))

މާނައީ:” … އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ފަހެ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީނަމަވެސް ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނާއި ހިސާބަށް ވާޞިލުވާނެއެވެ.”

މިތަނުގައި ވާޞިލުވުމޭ ބުނެވޭ ބަހުގެ މާނައަކީ މަލާއިކަތުން މެދުވެރިކުރައްވާ ވާޞިލުވުމެވެ.

“އަލްބަޤީޢު” އަށާއި އުޙުދު ހަނގުރާމައިގައި ޝަހީދުވި ބޭކަލުންގެ މަޤްބަރާއަށް ޝަރުޢުގައި ވާގޮތަށް ޒިޔާރަތްކުރުމީ މުސްތަޙައްބު ކަމެކެވެ. ބިދުޢަވެރިންގެ ގޮތަށް ޒިޔާރަތްކުރުމަކީ ޙަރާމްވެގެންވާ ކަމެކެވެ.

ޝަރުޢީ ޒިޔާރަތަކީ ސުންނަތުން ސާބިތުވެފައިވާ ގޮތުގެ މަތިން ޒިޔާރަތް ކުރުމެވެ. އެއީ ޒިޔާރަތް ކުރާ މީހާއަށްވެސް އަދި މަރުވެފައިވާ މައްޔިތާއަށްވެސް ފައިދާ ކުރާނެ ގޮތެވެ.

=ނުނިމޭ=

މިފޮތުގެ އެހެނިހެން ބައިތައް