މަދީނާގެ މާތްކަން (އަދި އެތާގައި ދިރިއުޅުމާއި އެތަނަށް ޒިޔާރަތްކުރުމުގެ އަދަބުތައް) 29

ޤަބުރަށް ޒިޔާރަތްކުރާ މީހާއަށް ތިން ފައިދާއެއް ވެއެވެ. ފުރަތަމައީ: އޭނާ މަރުމަތިން ހަނދާންވާނެއެވެ. އޭރުން ހެޔޮޢަމަލުތައް ކުރުމަށް ލިބޭ ހިތްވަރަކަށް އެކަންތައް ވެއެވެ. ޙަދީޘެއްގައި ވެއެވެ. ((زُورُوا الْقُبُورَ، فَإِنَّهَا تُذَكِّرُكُمْ الْآخِرَةَ)) [أخرجه مسلم في صحيحه] މާނައީ “ތިޔަބައިމީހުން ޤަބުރުތަކަށް ޒިޔާތަތްކުރާށެވެ. އެހެނީ އެކަންތައް ތިޔަބައިމީހުންނަށް އާޚިރަތް ހަނދުމަކޮށްދޭނެއެވެ.” ދެވަނައީ: ޒިޔާރަތް ކުރުމުން ލިބޭ ދަރުމައާއި ޘަވާބު އޭނާއަށް ލިބޭނެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތަކަށް އެކަން ވާތީއެވެ. ތިންވަނައީ: މުސްލިމު މައްޔިތާގެ […]