މަރާއި ދިރުމާއި އޭގެ ޙިކުމަތް 3

ﷲއީ އެއްކައުވަންތަ އިލާހެވެ. އެއިލާހީ މަރުއްވާ އަދި ދިރުއްވާ އިލާހެވެ. މަރުގަންނެވުމާއި ދިރުއްވުމަކީ ހަމައެކަނި ﷲތަޢާލާ އަށް ޚާއްޞަވެގެންވާ ދެކަމެވެ. މިދެކަމުގައި އެއިލާހާ އެހެން ފަރާތެއް ބައިވެރި ކުރުމަކީ ޝިރުކެކެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. ” لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ﴿الحديد: ٢﴾” މާނައީ: ” އުޑުތަކާއި، ބިމުގެ ވެރިކަން މިލްކު ވެގެންވަނީ، އެއިލާހަށެވެެެެެެެެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، އެއިލާހެވެ. އަދި އެއިލާހީ […]