ނަރަކަ 23

ނަރަކަޔަށް ވަނުމަށް ދަޢުވަތުދޭ މީހުން ﷲ ގެ ޝަރީޢަތާ ޚިލާފުވެ މަގުފުރެދިފައިވާ ބާތިލް މަޛްހަބުތަކާއި އަދި ފިރުޤާތަކުގެ މީހުން އެބައިމީހުންގެ ޖަމާޢަތްތަކަށް ވަނުމަށް މީސްތަކުންނަށް ގޮވާލައި ދަޢުވަތު ދެމުން ގެންދެއެވެ. މިބައިމީހުންނަކީ ނަރަކަޔަށް އެހެންމީހުން ވައްދަން ގޮވާލައި ދަޢުވަތުދޭ މީހުންނެއެވެ. ﷲ ވަޙީކުރެއްވިއެވެ. (. .أُولَـٰئِكَ يَدْعُونَ إِلَى النَّارِ. .) [سورة البقرة 221] މާނައީ: ” އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ.” އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. (وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى النَّارِ. […]