[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 23

17760

ނަރަކަޔަށް ވަނުމަށް ދަޢުވަތުދޭ މީހުން

ﷲ ގެ ޝަރީޢަތާ ޚިލާފުވެ މަގުފުރެދިފައިވާ ބާތިލް މަޛްހަބުތަކާއި އަދި ފިރުޤާތަކުގެ މީހުން އެބައިމީހުންގެ ޖަމާޢަތްތަކަށް ވަނުމަށް މީސްތަކުންނަށް ގޮވާލައި ދަޢުވަތު ދެމުން ގެންދެއެވެ. މިބައިމީހުންނަކީ ނަރަކަޔަށް އެހެންމީހުން ވައްދަން ގޮވާލައި ދަޢުވަތުދޭ މީހުންނެއެވެ. ﷲ ވަޙީކުރެއްވިއެވެ.

(. .أُولَـٰئِكَ يَدْعُونَ إِلَى النَّارِ. .) [سورة البقرة 221]

މާނައީ: ” އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ.”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(وَجَعَلْنَاهُمْ أَئِمَّةً يَدْعُونَ إِلَى النَّارِ. .) [سورة القصص 41]

މާނައީ: “އަދި ނަރަކަޔަށް (ވަނުމަށް މީސްތަކުންނަށް) ގޮވާ ޒަޢީމުން ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ.”

ނަރަކަޔަށް ވަނުމަށް މީސްތަކުންނަށް ގޮވާ ޒަޢީމުންގެ ތެރެއިން އެކަކީ ޝައިޠާނާއެވެ. ﷲ ވަޙީކުރެއްވިއެވެ.

(وَإِذَا قِيلَ لَهُمُ اتَّبِعُوا مَا أَنزَلَ اللَّـهُ قَالُوا بَلْ نَتَّبِعُ مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ وَلَوْ كَانَ الشَّيْطَانُ يَدْعُوهُمْ إِلَىٰ عَذَابِ السَّعِيرِ) [سورة لقمان 21]

މާނައީ: “އަދި ﷲ ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން ތަބާވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން ތަބާވާހުށީ، ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، ނަރަކައިގެ ޢަޛާބަށް ޝައިޠާނާ އެއުރެންނަށް ގޮވާކަމުގައިވިޔަސް ހެއްޔެވެ؟”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ) [سورة فاطر 6]

މާނައީ: “ހަމަކަށަވަރުން، ޝައިޠާނާއަކީ، ތިޔަބައިމީހުންނަށްވާ ޢަދާވައްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ،  ޢަދާވައްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖާމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެތެރެއިން ވުމަށެވެ.”

އަދި މިފަދަ މަގުފުރެދުމަކަށް ގޮވާމީހުންގެ ދަޅައިގައި ޖެހުނު މީސްތަކުން ގޮވައިގެން އެބައިމީހުންގެ ޒަޢީމުން ޤިޔާމަތްދުވަހުން ނަރަކަޔަށް ވަންނާނެތެވެ. ﷲ ފިރުޢައުނާ ބެހޭގޮތުން ވަޙީކުރެއްވިއެވެ.

(يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَدَهُمُ النَّارَ ۖ وَبِئْسَ الْوِرْدُ الْمَوْرُودُ) [سورة هود 98]

މާނައީ: “ޤިޔާމަތް ދުވަހުން، އޭނާގެ ޤައުމުގެމީހުންގެ ކުރީގައިހުރެ، އެއުރެން ނަރަކައަށް ގެންގޮސް ވައްދާނެތެވެ. (އެއުރެންނަށް) ވަދެވޭތަނުގެ ހުރި ނުބައިކަމާއެވެ.”

އިސްލާމްދީނުގެ ޠާހިރު ޢަޤީދާ ފިޔަވައި، ފާސިދު ޢަޤީދާތަކަށް ގޮވާލާ ކޮންމެ މީހަކީ ނަރަޔަށް ވަނުމަށް ގޮވާލާ މީހެކެވެ. އެހެނީ ނަރަކައިން ސަލާމަތްވެ، ސުވަރުގެދާން އޮތް ހަމައެކަނި މަގަކީ އީމާންކަމުގެ މަގެއެވެ.  ފިރުޢައުނުގެ އާއިލާގެ ތެރެއިން ﷲ އީމާންވި މީހަކު އެބައި މީހުންނަށް ނަޞޭޙަތްތެރި ވަމުން ބުނިކަމަށް ކީރިތިޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ.

(وَيَا قَوْمِ مَا لِي أَدْعُوكُمْ إِلَى النَّجَاةِ وَتَدْعُونَنِي إِلَى النَّارِ) [سورة غافر 41]

މާނައީ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން ތިޔަބައިމީހުންނަށް ސަލާމަތްވުމަށް ގޮވާއިރު، ތިޔަބައިމީހުން އަހުރެންނަށް ނަރަކަޔަށް ދިޔުމަށް ތިޔަގޮވަނީ ކީއްވެގެންހެއްޔެވެ؟”

ކާފަރުންނަކީ ނަރަކަޔަށް މީސްތަކުން ވަނުމަށް ގޮވާލާ ބަޔަކަށް ވީހިނދު، ﷲ ތަޢާލާ ވަނީ މުއުމިނު ފިރިހެނުންނަށް މުޝްރިކު އަންހެނުންނާ ކައިވެނި ކުރުން ޙަރާމް ކުރައްވާފައެވެ. އަދި ހަމައެފަދައިން މުއުމިނު އަންހެނުންނަށް މުޝްރިކު ފިރިހެނުންނާއި ކައިވެނި ކުރުންވެސް ޙަރާމް ކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.

(وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ ۗ أُولَـٰئِكَ يَدْعُونَ إِلَى النَّارِ ۖ وَاللَّـهُ يَدْعُو إِلَى الْجَنَّةِ وَالْمَغْفِرَةِ بِإِذْنِهِ ۖ وَيُبَيِّنُ آيَاتِهِ لِلنَّاسِ لَعَلَّهُمْ يَتَذَكَّرُونَ) [سورة البقرة 221]

މާނައީ: “މުޝްރިކު އައަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން އީމާން ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން ހިތާވާ ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިން އަޅުއަންހެނަކުވެސް، މުޝްރިކު އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (މުއުމިނު އަންހެނުން) މުޝްރިކު ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެއުރެން އީމާން ވެއްޖައުމަށް ދާނދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލު ވިޔަސް، ހަމަކަށަވަރުން މުއުމިން ފިރިހެން އަޅަކުވެސް މުޝްރިކު ފިރިހެނަކަށްވުރެ މާރަނގަޅެވެ. އެއުރެން އެ ގޮވަނީ ނަރަކަޔަށް ވަނުމަށެވެ. ﷲ ގޮވައިލައްވަނީ އެކަލާނގެ އިރާދަފުޅުން ތިޔަބައިމީހުން ސުވަރުގެއަށާއި مغفرة ގެ ތެރެއަށް ވަނުމަށެވެ. އަދި އެކަލާނގެ އާޔަތްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވަނީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ.”

 

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ