އަލް އިމާމު އަޙްމަދު: أحمد بن حنبل – إمام أهل السنة – 3

  ކިޔަވާވިދާޅުވުން أبو نعيم ވިދާޅުވިއެވެ. އިމާމު އަޙްމަދުގެ ދަރިކަލުން أبو الفضل ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ބައްޕަ ވިދާޅުވިއެވެ. “ތިމަންކަލޭގެފާނުގެ އުމުރުން ސޯޅަ އަހަރުގައި ޙަދީޘް ކިޔަވަން ފެށީމެވެ. އަދި ހުޝައިމު[1] އަވަހާރަވީ ތިމަންކަލޭގެފާނުގެ އުމުރުފުޅުން ވިހި އަހަރުގައެވެ. ތިމަންކަލޭގެފާނު އެންމެ ފުރަތަމަ ހުޝައިމުގެ އަރިހުން ޙަދީޘް އަޑުއެއްސެވީ ހިޖުރައިން [ސަތޭކަ] ހަތްދިހަ ނުވަވަނަ އަހަރުގައެވެ. އަދި އެއީ ابن المبارك ވަޑައިގެންނެވި އަހަރެވެ. އެއީ އިބުނުލް މުބާރަކް މިރަށަށް ވަޑައިގެންނެވި ފަހު ފަހަރެވެ. ދެންފަހެ ތިމަންކަލޭގެފާނު […]