ނަރަކަ 24

އެފާފަތަކެއްގެ ސަބަބުން ނަރަކައިގައި ދާއިމަށް ދެމިތިބެން ޖެހުނު ފާފަތައް އެމީހުން ކުރި ފާފަތަކުގެ ސަބަބުން ނަރަކައިގައި ދާއިމަށް ދެމިތިބެން ޙައްޤު ވީމީހުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ދިގުކޮށް އައިސްފައިވެއެވެ. އޭގެތެރެއިން މިތާގައި މިބަލާލަނީ އެބައިމީހުންގެ ފާފަތަކުގެ ތެރެއިން އެންމެ ބޮޑެތި ފާފަތަކަށެވެ. 1. ﷲއަށް ކާފަރުވުމާއި އަދި އެކަލާނގެއަށް ޝިރުކުކުރުން ޤިޔާމަތްދުވަހުން ﷲއަށް ކާފަރުވީ މީހުން ނަރަކައިގައި ވަނިކޮށް އެބައިމީހުންނަށް ގޮވާލެވޭނެ ކަމަށް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެތެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް […]