[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 24

17760

އެފާފަތަކެއްގެ ސަބަބުން ނަރަކައިގައި ދާއިމަށް ދެމިތިބެން ޖެހުނު ފާފަތައް

އެމީހުން ކުރި ފާފަތަކުގެ ސަބަބުން ނަރަކައިގައި ދާއިމަށް ދެމިތިބެން ޙައްޤު ވީމީހުންގެ ވާހަކަ ކީރިތި ޤުރުއާނުގައި ވަރަށް ދިގުކޮށް އައިސްފައިވެއެވެ. އޭގެތެރެއިން މިތާގައި މިބަލާލަނީ އެބައިމީހުންގެ ފާފަތަކުގެ ތެރެއިން އެންމެ ބޮޑެތި ފާފަތަކަށެވެ.

1.     ﷲއަށް ކާފަރުވުމާއި އަދި އެކަލާނގެއަށް ޝިރުކުކުރުން

ޤިޔާމަތްދުވަހުން ﷲއަށް ކާފަރުވީ މީހުން ނަރަކައިގައި ވަނިކޮށް އެބައިމީހުންނަށް ގޮވާލެވޭނެ ކަމަށް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އަދި އެބައިމީހުންނަށް ބުނެވޭނެތެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، ﷲ ގެ ކޯފާވެވޮޑިގަތުން މިއަދު ތިޔަބައިމީހުންގެ މައްޗަށް މާބޮޑެވެ . އެއީ ތިޔަބައިމީހުން އީމާންކަމަށް ކާފަރުވީމައެވެ. އަދި އެއަށްފަހުގައި އެބައިމީހުން ނަރަކައިގައި އަބަދުގެ އަބަދަށް ދެމި ތިބެންޖެހުނީ އެބައިމީހުންގެ ކާފަރުކަމާއި އަދި ޝިރުކުގެ ސަބަބުން ކަމުގައި އެކަލާނގެ ބަޔާންކުރައްވަތެވެ.

އެކަލާނގެ ވަޙިކުރެއްވިއެވެ.

(إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّـهِ أَكْبَرُ مِن مَّقْتِكُمْ أَنفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ ﴿١٠﴾ قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِّن سَبِيلٍ ﴿١١﴾ ذَٰلِكُم بِأَنَّهُ إِذَا دُعِيَ اللَّـهُ وَحْدَهُ كَفَرْتُمْ ۖ وَإِن يُشْرَكْ بِهِ تُؤْمِنُوا ۚ فَالْحُكْمُ لِلَّـهِ الْعَلِيِّ الْكَبِيرِ) [سورة غافر 10-12]

މާނައީ: “ހަމަކަށަވަރުން، ކާފަރުވިމީހުންނަށް (އެދުވަހުން) ގޮވައިލައްވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތިޔަބައިމީހުން ނަފުރަތުވާ ވަރަށްވުރެ، ﷲ ގެ ކޯފާވެވޮޑިގަތުން މާބޮޑެވެ. އެހެނީ ތިޔަބައިމީހުންނަށް އީމާންވުމަށް ގޮވައިލައްވާހިނދު، ތިޔަބައިމީހުން ކާފަރުވަމުއެވެ. [10] އެއުރެން ދަންނަވާނެތެވެ. އަޅަމެންގެ ވެރިރައްބެވެ! އިބަރަސްކަލާނގެ އަޅަމެން ދެފަހަރަށް މަރުގަންނަވައި، ދެފަހަރަށް ދިރުއްވައިފީމުއެވެ. ފަހެ، އަޅަމެންގެ ފާފަތަކަށް، އަޅަމެން އިޢުތިރާފު ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް (މި ޢަޛާބުން) ނުކުމެވޭނޭ އެއްވެސް މަގެއް ވޭތޯއެވެ؟ [11] (ޖަވާބުގައި އަންގަވާނެތެވެ.) އެއީ ހަމައެކަނި ﷲ އަށް އަޅުކަން ކުރުމަށް ގޮވައިލެއްވިހިނދު، ތިޔަބައިމީހުން ކާފިރުވިކަމަށްޓަކައެވެ. އަދި އެކަލާނގެއަށް ޝަރީކު ކުރާހިނދު، ތިޔަބައިމީހުން (އެކަމަށް) އީމާންވާކަމަށްޓަކައެވެ. ފަހެ، ޙުކުމް ކުރެއްވުންވަނީ ﷲއަށެވެ. އެކަލާނގެއީ الْعَلِيّ އަދި الْكَبِيرއެވެ.[12] ” [1]

އަދި ނަރަކައިގެ ބަނޑޭރީން ކާފަރުން ނަރަކަޔަށް ވަންނަ ހިނދު އެބައިމީހުންނާއި ސުވާލުކުރާނެ ކަމަށް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ.

(قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ . .) [سورة غافر 50]

މާނައީ: ” އެބޭކަލުން ވިދާޅުވާނެތެވެ. ފާޅުވެގެންވާ ހެކިތަކާއިގެން ތިޔަބައިމީހުންގެ ގާތަށް، ތިޔަބައިމީހުންގެ ރަސޫލުން ވަޑައިނުގަންނަވަނީހެއްޔެވެ؟”

 އެއުރެން ޖަވާބަކީ އެބައިމީހުން ނަރަކަ ޙައްޤުވީ ﷲ ފޮނުއްވި ރަސޫލުން ދޮގުކޮށް އަދި އެބޭކަލުން ގެންނެވި އެއްޗެއްސަށް ކާފަރުވުމުގެ ސަބަބުން ކަމެވެ.

ﷲ ވަޙީކުރެއްވިއެވެ.

(قَالُوا بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّـهُ مِن شَيْءٍ إِنْ أَنتُمْ إِلَّا فِي ضَلَالٍ كَبِيرٍ) [سورة الملك 9]

މާނައީ: ” އެއުރެން ދަންނަވާނެތެވެ. އެހެންނަކުންނޫނެވެ. ހަމަކަށަވަރުން، ތިމަންމެންގެގާތަށް އިންޛާރު ކުރައްވާ ރަސޫލަކު ވަޑައިގަތެވެ. ދެން ތިމަންމެން ދޮގުކުރީމުއެވެ. އަދި ތިމަންމެން ބުނީމުއެވެ. ﷲ އެއްވެސް އެއްޗެއް ބާވައެއް ނުލައްވަތެވެ. ތިޔަބޭކަލުން ބޮޑުވެގެންވާ ފުރެދުމެއްގައި މެނުވީ ނުވަމުއެވެ.”

އަދި ﷲ ބާވާލެއްވި ފޮތަށް ކާފަރުވީ މީހުންނާއި ބެހޭގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ.

(. . .وَقَدْ آتَيْنَاكَ مِن لَّدُنَّا ذِكْرًا ﴿٩٩﴾ مَّنْ أَعْرَضَ عَنْهُ فَإِنَّهُ يَحْمِلُ يَوْمَ الْقِيَامَةِ وِزْرًا ﴿١٠٠﴾ خَالِدِينَ فِيهِ ۖ وَسَاءَ لَهُمْ يَوْمَ الْقِيَامَةِ حِمْلًا ﴿١٠١﴾) [سورة طه 99-101]

މާނައީ: “އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ  ޙަޟްރަތުން ކަލޭގެފާނަށް قرآن ދެއްވީމެވެ. އެ قرآن އަށް ފުރަގަސްދީފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކު ޤިޔާމަތް ދުވަހުން ބުރަދަންހުރި ފާފައެއް އުފުލާހުށްޓެވެ. އޭގެ  ޢަޛާބުގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. އަދި ޤިޔާމަތް ދުވަހުން އެއުރެން އުފުލާ ބުރައިގެ ހުރި ނުބައިކަމާއެވެ!”

އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.

(الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ ﴿٧٠﴾ إِذِ الْأَغْلَالُ فِي أَعْنَاقِهِمْ وَالسَّلَاسِلُ يُسْحَبُونَ ﴿٧١﴾ فِي الْحَمِيمِ ثُمَّ فِي النَّارِ يُسْجَرُونَ ﴿٧٢﴾ ثُمَّ قِيلَ لَهُمْ أَيْنَ مَا كُنتُمْ تُشْرِكُونَ ﴿٧٣﴾ مِن دُونِ اللَّـهِ ۖ قَالُوا ضَلُّوا عَنَّا بَل لَّمْ نَكُن نَّدْعُو مِن قَبْلُ شَيْئًا ۚ كَذَٰلِكَ يُضِلُّ اللَّـهُ الْكَافِرِينَ ﴿٧٤﴾ ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنتُمْ تَمْرَحُونَ ﴿٧٥﴾ ادْخُلُوا أَبْوَابَ جَهَنَّمَ خَالِدِينَ فِيهَا ۖ فَبِئْسَ مَثْوَى الْمُتَكَبِّرِينَ ﴿٧٦﴾) [سورة غافر 70-76]

މާނައީ: ” އެއުރެންނީ، މިފޮތާއި (އެބަހީ: قرآن އާއި) ތިމަންރަސްކަލާނގެ ރަސޫލުން އެފޮތްތަކާއިގެން ފޮނުއްވި ފޮތްތައް ދޮގުކުރި މީހުންނެވެ. ފަހެ، (އެކަމުގެ ނަތީޖާ) ނިކަންހުރެ އެއުރެންނަށް އެނގޭނެތެވެ. [70] އެއުރެންގެ ކަނދުރާތަކުގައި، ކަސްތޮޅުއެޅި ހިލިހިލާޖެހި، އެއުރެން ދަމައި، ގެންދަވާހިނދުގައެވެ. [71] ކެކިކެކިހުރި ހޫނުފެނުގެ ތެރެޔަށެވެ. ދެން ނަރަކައިގެ އަލިފާނުގެ ތެރޭގައި  އެއުރެން އަންދަވާނެތެވެ. [72] ދެން އެއުރެންނަށް އަންގަވާނެތެވެ. ﷲ ފިޔަވައި ތިޔަބައިމީހުން ޝަރީކުކޮށް އުޅުނު ތަކެތި ކޮބައިހެއްޔެވެ؟  އެއުރެން ބުނާނެތެވެ. އެތަކެތި ތިމަންމެންގެ ކިބައިން ބީވެގެން ހިނގައްޖެއެވެ. އަދި ކިއެއްތަ! މީގެކުރިން ތިމަންމެން އެއްވެސް އެއްޗަކަށް އަޅުކަންކޮށް ގޮވައިނަހަދަމުއެވެ. ﷲ ކާފަރުވިމީހުން މަގުފުރައްދަވަނީ އެފަދައިންނެވެ. [73] [74] އެއީ  ޙައްޤަކާ    ނުލައި ބިމުގައި ތިޔަބައިމީހުން (އުރެދުންތަކަށް) އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ  ސަބަބުންނެވެ. [75] ތިޔަބައިމީހުން ނަރަކައިގެ ދޮރުތަކުން ވަންނާށެވެ! އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ފަހެ (އެއީ) ކިބުރުވެރިން ތިބުމަށް ހާދަހާ ނުބައިވެގެންވާ ތަނެކެވެ. [76]”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

 

                                                
[1] الْعَلِيّ އަދި الْكَبِير އަކީ ﷲ ތަޢާލާގެ ދެއިސްމަފުޅެވެ.