އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 6
ތިންވަނަ ޙުކުމް: ޙައިޟުގެ އެންމެކުރު މުއްދަތާއި އެންމެ ދިގުމުއްދަތު ޙައިޟުގެ ދިގު މުއްދަތާއި ކުރުމުއްދަތާމެދު ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތައް މިކަމުގައި ތަފާތެވެ. أبو حنيفة އާއި الثوري ވިދާޅުވިއެވެ. މަދުވެގެން ތިންދުވަހެވެ. ގިނަވެގެން ދިހަ ދުވަހެވެ. މިބޭފުޅުންގެ ޙުއްޖަތަކީ أبي أمامةގެ ޙަދީޘެވެ. އެއީ ((أَقَلُّ الْحَيْضِ ثَلَاثَةُ أَيَّامٍ وَأَكْثَرَهُ عَشَرَةُ أَيَّامٍ)) މާނައީ: “ޙައިޟުގެ ކުރުމުއްދަތަކީ ތިންދުވަހެވެ. އަދި ދިގު މުއްދަތަކީ ދިހަ ދުވަހެވެ.” الجصاص ވިދާޅިވިއެވެ. “فإن صحّ هذا الحديث […]