[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 6

ތިންވަނަ ޙުކުމް:

ޙައިޟުގެ އެންމެކުރު މުއްދަތާއި އެންމެ ދިގުމުއްދަތު

ޙައިޟުގެ ދިގު މުއްދަތާއި ކުރުމުއްދަތާމެދު ޢިލްމުވެރިން ޚިޔާލުތަފާތުވެފައިވެއެވެ. ޢިލްމުވެރިންގެ ބަސްފުޅުތައް މިކަމުގައި ތަފާތެވެ.

  1. أبو حنيفة އާއި الثوري ވިދާޅުވިއެވެ. މަދުވެގެން ތިންދުވަހެވެ. ގިނަވެގެން ދިހަ ދުވަހެވެ. މިބޭފުޅުންގެ ޙުއްޖަތަކީ أبي أمامةގެ ޙަދީޘެވެ. އެއީ

((أَقَلُّ الْحَيْضِ ثَلَاثَةُ أَيَّامٍ وَأَكْثَرَهُ عَشَرَةُ أَيَّامٍ))

މާނައީ: “ޙައިޟުގެ ކުރުމުއްދަތަކީ ތިންދުވަހެވެ. އަދި ދިގު މުއްދަތަކީ ދިހަ ދުވަހެވެ.”

الجصاص ވިދާޅިވިއެވެ. “فإن صحّ هذا الحديث فلا معدل عنه لأحد”[1]

މާނައީ: “މިޙަދީޘް ޞައްޙަކަމުގައިވެއްޖެނަމަ އެކަކަށްވެސް މިޙަދީޘް ދުލެއް ނުކުރެވޭނެއެވެ.”

  1. الشافعي އާއި أحمد ވިދާޅުވިއެވެ. މަދުވެގެން އެއްރެއާ އެއްދުވާލެވެ. ގިނަވެގެން ފަނަރަ ދުވަހެވެ. މިބޭފުޅުންގެ ޙުއްޖަތަކީ އަންނަނިވި ޙަދީޘެވެ.

((تمكث إحداهن شطر عمرها لا تصلي))[2]

މާނައީ: “އަންހެނުން އެކަނބަލުންގެ އުމުރުގެ ދެބައިކުޅައެއްބާގައި ނަމާދުނުކުރެއެވެ.”

މިޙަދީޘްގައި އެވާ شطر އެއީ ޢަރަބިބަހުގައި ދެބައިކުޅައެއްބައެވެ. އެހެންކަމުން މިޙަދީޘްފުޅުން ޙައިޟުގެ މުއްދަތުގެގޮތުގައި ފަނަރަ ދުވަހުގެ މުއްދަތު ހިނގައިދާނެކަމަށް ދަލީލުކުރެވެއެވެ.

  1. އިމާމް މާލިކުގެ އަރިހުން އައިސްފައިވާ މަޝްހޫރު ޤައުލަކީ، އަންހެނާ ޙައިޟުގެ މުއްދަތު ކުރުވުމާއި ދިގުވުމުގައި ވަކިމިންވަރެއް ކަނޑައެޅިފައެއް ނެތެވެ. އެކަންބިނާވެފައިވަނީ އަންހެނުންގެ ޠަބީޢަތުގެ މައްޗަށެވެ. (މިއީ އިބްނުތައިމިޔާއާއު ޝައިޚް އަލްބާނީއާއި ޝައިޚް އުޘައިމީންގެވެސް ރަޢުޔެވެ.)

ބަޔާންވެއެދިޔަ ރަޢުޔުތަކަކީ ޢިލްމުވެރިންގެ އިޖްތިހާދެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް

______________________________________

[1]  أحكام القران لأبي بكر الجصاص

[2]  أحكام القران لأبي بكر الجصاص