[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة التكاثر ގެ ތަފްސީރު 2

ދެން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (حَتَّى زُرْتُمُ الْمَقَابِرَ ) މާނައީ: “ތިޔަބައިމީހުންގެ ކައްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާނދެނެވެ.” މީގެމުރާދަކީ މަރުވެއްޖައުމަށް ދާނދެނެވެ. ފަހެ އިންސާނާ މަރުވެއްޖައުމަށް ދާނދެން އިސްވެ ބަޔާންކުރެވުނު ކަންކަމާއިގެން އަވަދިނެތި އުޅެއެވެ. އަދި ކިއެއްހެއްޔެވެ. އިންސާނާގެ އުމުރުން ދުވަސްވީވަރަކަށް މުދަލާއި ދަރިންނާއި ޢިލްމު އިތުރުކުރުމުގައި އަވަދިނެތިވާލެއް ބޮޑެވެ. (މިކަންކަމާއި އިންސާނާގެ އުމުރާ ވަނީ ގުޅިފައެވެ. މީގެ މިސާލަކަށް ބަލާއިރު ނުވަދިހަ އަހަރުވެފައިހުރި މީހެއްގެ މަސައްކަތްތަކާއި އޭނާ މަސައްކަތް ކުރުމުގައި ދެމިހުންނަ ވަގުތާއި ފަނަރައަހަރުގެ މީހަކާއި […]