ނަރަކަ 27

ކިބުރުވެރިކަން. ނަރަކަވަންތަވެރިންގެ ތެރެއިން ގިނަމީހުންނަކީ މިޞިފަ ލިބިގެންވާ މީހުންނެވެ. ﷲ ވަޙީކުރެއްވިއެވެ. (وَالَّذِينَ كَذَّبُوا بِآيَاتِنَا وَاسْتَكْبَرُوا عَنْهَا أُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٣٦﴾) [سورة الأعراف] މާނައީ: “އަދި ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކޮށް، އަދި އެއާމެދު ކިބުރުވެރިވެގަތް މީހުން އެއީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބޭނޭ މީހުންނެވެ.” އިމާމު މުސްލިމް އެކަލޭގެފާނުގެ ފޮތް ޞަޙީޙު މުސްލިމުގައި ބާބެއް ގެންނަވަމުން ވިދާޅުވިއެވެ. “ޖައްބާރުން ނަރަކަޔަށް އަދި ނިކަމެތިން ސުވަރުގެއަށް ވަންނާނެކަން […]