މަރާއި ދިރުމާއި އޭގެ ޙިކުމަތް 4

ކޮންމެ ދިރޭ އެއްޗަކީ މަރުވާނެ އެއްޗެކެވެ. ﷲތަޢާލާ ވަނީ އެއިލާހުގެ މަޚްލޫޤުންގެ ފުރާނަ ޚަލްޤުކުރައްވާފައެވެ. އަދި ކޮންމެ އެއްޗަކީ ފަނާވެ ނެތިދާނެ އެއްޗެކެވެ. އެގޮތުން އުޑާއި ބިމާއި، އެދެމެދުގައި ވާހާ އެއްޗެހީގެ ތެރެއިން އެއިލާހު އިރާދަ ކުރެއްވި އެއްޗެއް މެނުވީ ހުރިހާއެއްޗެއް ފަނާވެ ނެތިދާނެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَن زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا […]