ނަރަކަ 28

ނަރަކަޔަށް ވައްދަނިވި ބައެއް ފާފަތައް شيخ الإسلام ابن تيمية رحمه اللهއާ ސުވާލުކުރެވުނެވެ. ނަރަކަ ވަންތަވެރިން އަދި ސުވަރުގެ ވަންތަވެރިންގެ ޢަމަލުތަކަކީ ކޮބއިތޯއެވެ. އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ. “ނަރަކަވަންތަވެރިންގެ ޢަމަލުތައް ދަންނައެވެ. އެއީ ﷲ އަށް ޝިރުކުކުރުމާއި، ރަސޫލުން ދޮގުކުޅައުމާއި، ކާފަރުވުމާއި، ހަސަދަވެރިކަމާއި، ދޮގުހެދުމާއި، ޚިޔާނަތްތެރިވުމާއި، އަނިޔާވެރިވުމާއި، ރަހިމުގެ ގުޅުން ކެނޑުމާއި، ޖިހާދުކުރަން ފިނޑިވުމާއި، ދަހިވެތިކަމާއި، މުނާފިޤުކަމާއި، ﷲގެ ރަޙްމަތުން އުއްމީދު ކަނޑައިލުމާއި، ﷲގެ ރޭއްވެވުމާމެދު ބިރެއްނެތި އަމާންވެ ތިބުމާއި، މުޞީބާތުގެ ވަގުތުގައި ކެތްތެރިނުވުމާއި، ﷲގެ […]