ނަރަކަ 29

ކަނޑައެޅިގެން ނަރަކަކަޔަށް ވަންނާނެކަން ބަޔާންކުރެވިފައިވާ މީހުން ކާފަރުންނާއި އަދި މުޝްރިކުން ނަރަކަޔަށް ވަންނާނެ ކަމާއި މެދުގައި އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރުއާނުގައި އަދި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްތަކުގައި މީސްތަކުންގެ ތެރެއިން ވަކިބަޔަކު ނަރަކަޔަށް ވަންނާނެ ކަމަށް ނަމުން ބަޔާންކޮށްފައިވެއެވެ. އެމީހުންގެ ތެރެއިން ފިރްޢައުނު ހިމެނެއެވެ. އޭނައީ މޫސާ عليه السلام އެމީހެއްގެ ގާތަށް ފޮނުއްވުނު ފިރުޢައުނެވެ. ﷲ ތަޢާލާ އޭނައާއި ބެހޭގޮތުން ވަޙީކުރެއްވިއެވެ. (يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَدَهُمُ النَّارَ […]