ނަރަކަ 31

ނަރަކައިގައި ދާއިމަށް ދެމި ތިބެންނުޖެހޭ މީހުން މިބައިމީހުންނަކީ ތައުޙީދުގެ ދެކަލިމައިގެ އަހުލުވެރިންނެވެ. އަދި ﷲއަށް ޝިރުކު ނުކުރާ މީހުންނެވެ. އެހެން ނަމަވެސް އެބައިމީހުންގެ ފާފަތައް އެބައިމީހުންގެ ޞާލިޙު ޢަމަލުތަކަށް ވުރެ ގިނަ މީހުންނެވެ. އަދި މީޒާނުގައި ހެޔޮކަންތައްތަކާއި އަދި ނުބައި ކަންތައްތަކުގެ ފަތް ކިރެވޭ ހިނދު، ނުބައި ކަންތައްތަކުގެ ފަތް ބަރުވުމުގެ ސަބަބުން ނަރަކަޔަށް ދާންޖެހުނު މީހުންނެއެވެ. މިބައިމީހުން ނަރަކައިގައި ﷲ ދެނެވޮޑިގެންވާ މުއްދަތަކަށް ދެމިތިބޭނެއެވެ. އެއަށްފަހުގައި ޝަފާޢަތްތެރިންގެ ޝަފާޢަތުން އަދި ނޫނީ ﷲގެ ރަޙްމަތުން ނަރަކައިން […]