[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަރަކަ 31

17760

ނަރަކައިގައި ދާއިމަށް ދެމި ތިބެންނުޖެހޭ މީހުން

މިބައިމީހުންނަކީ ތައުޙީދުގެ ދެކަލިމައިގެ އަހުލުވެރިންނެވެ. އަދި ﷲއަށް ޝިރުކު ނުކުރާ މީހުންނެވެ. އެހެން ނަމަވެސް އެބައިމީހުންގެ ފާފަތައް އެބައިމީހުންގެ ޞާލިޙު ޢަމަލުތަކަށް ވުރެ ގިނަ މީހުންނެވެ. އަދި މީޒާނުގައި ހެޔޮކަންތައްތަކާއި އަދި ނުބައި ކަންތައްތަކުގެ ފަތް ކިރެވޭ ހިނދު، ނުބައި ކަންތައްތަކުގެ ފަތް ބަރުވުމުގެ ސަބަބުން ނަރަކަޔަށް ދާންޖެހުނު މީހުންނެއެވެ. މިބައިމީހުން ނަރަކައިގައި ﷲ ދެނެވޮޑިގެންވާ މުއްދަތަކަށް ދެމިތިބޭނެއެވެ. އެއަށްފަހުގައި ޝަފާޢަތްތެރިންގެ ޝަފާޢަތުން އަދި ނޫނީ ﷲގެ ރަޙްމަތުން ނަރަކައިން އެބައިމީހުން ނެރެވޭނެތެވެ.

އެފާފަތަކުގެ ސަބަބުން ނަރަކަޔަށް ދާނެކަމަށް ބަޔާންކުރެވިފައިވާ ފާފަތައް

ކީރިތި ޤުރުއާނުގައި އަދި ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްތަކުގައި ބައެއް ފާފަތައް ކުރުމުގެ ސަބަބުން އެފާފަތައް  އެކުރާ މީހުން، އެފާފައިގެ ސަބަބުން ނަރަކަޔަށް ދާނެކަމަށް އައިސްފައިވެއެވެ. މިގޮތުން މިތާގައި ބަޔާން މިކޮށްލަނީ އޭގެތެރެއިން ބައެއްފާފަތަކެއެވެ.

  1. ރަސޫލު ﷲ صلى الله عليه وسلم ގެ ސުންނަތާއި ޚިލާފު އެކިއެކި ފިރުޤާތަކަށް ބެހިގެންދިޔުން

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

(ألا إنَّ مَن قبلكم من أهلِ الكتابِ افترقوا على ثنتَينِ و سبعين ملةً ، و إنَّ هذه الملةَ ستفترِقُ على ثلاثٍ و سبعين ، ثنتانِ و سبعون في النارِ ، و واحدةٌ في الجنَّةِ ، و هي الجماعةُ)1

މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރިން ފޮތްދެވުނު މީހުން ހަތްދިހަ ދެ މިއްލަތަށް(ފިރުޤާތަކަށް) ބެހިގެންދިއައެވެ. ހަމަކަށަވަރުން މިމިއްލަތް(އުއްމަތް) ހަތްދިހަ ތިންބަޔަށް ބެހިގެންދާނެތެވެ. ހަތްދިހަ ދެބައި މީހުން ވާނީ ނަރަކައިގައެވެ. އަދި އެއްބައި މީހުން ސުވަރުގޭގައެވެ. އެއީ ޖަމާޢަތެވެ.”

=ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ

                                                  

[1]سلسلة الأحاديث الصحيحة