ކުށު ސަޖިދަ ޖެހުމާއި ބެހޭ ޙުކުމްތައް 5: ޝައްކުވުން.

(ކުށު ސަޖިދަ ޖަހަން ޖެހޭ ތިންވަނަ ސަބަބު: ޝައްކުވުން.) ޝެެއިޚު ޢައްލާމާ އިބުނު ޢުޘައިމީން ރަޙިމަހުﷲ ބަޔާންކުރައްވައެވެ. “ތިންވަނައީ: ޝައްކުވުން. ޝައްކަކީ އެއީ ދެކަމަކުންކުރެ ކޮޅަކުންކުރެ ކޮޅެއް ކުރެވުނުކަމާއި މެދު (ނުވަތަ ވީކަމާމެދު) ޔަޤީންނުވުމެވެ. ޢިބާދަތުގައި(އަޅުކަންތަކުގައި) ޝައްކު ތިންހާލަތެއްގައި އެޔަށް ބަލާކަށް (ރިޢާޔަތްކުރާކަށް) ނުޖެހޭނެއެވެ. ފުރަތަމައީ: އެއްވެސް ޙަޤީޤަތެއްނެތް ވަސްވާހެއްފަދަ ވަހުމެއް މެދުވެރިވެއްޖެނަމައެވެ. ދެވަނައީ: މީހަކު ޝައްކުވުން ގިނަވުމެވެ. އެމީހަކު އަޅުކަމެއްކުރާއިރަށް ޝައްކުއުފެދެއެވެ. (މިފަދައިން ޝައްކުބޮޑުވުމެވެ.) ތިންވަނައީ: އަޅުކަންކޮށް އަވަދިވުމަށްފަހު (ޝައްކުވެއްޖެނަމަ)، ޔަޤީންނުވާ ކަމެއްގެ މައްޗަށް ބުރަވުމެއްނެތެވެ. […]