މަރާއި ދިރުމާއި އޭގެ ޙިކުމަތް 6
![](https://dhisalafiyyah.net/wp-content/uploads/2015/08/11798431_738216596288478_1704504603_n.jpg)
ދެވަނަ ބާބު: (ليبوكم أيكم أحسن عملا) ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އިސްވެދިޔަ ބާބުގައި އަލި އަޅުވާލެވިފައިވަނީ މަރާއި ދިރުމުގެ މައްޗަށެވެ. ﷲތަޢާލާ މަރާއި ދިރުން ޚަލްޤުކުރެއްވިކަން ބަޔާންކޮށްދެއްވުމަށް ފަހު، އެމަރާއި ދިރުން އެކަމަކަށްޓަކައި ލެއްވި ސަބަބު އެވަނީ ބަޔާންކުރައްވާފައެވެ. އެމަޤްޞަދަކީ، އެންމެ ހެޔޮ ޢަމަލު ކުރަނީ ކާކުތޯ ބެއްލެވުމަށްޓަކައި އިމްތިޙާނު ކުރެއްވުމެވެ. އެންމެ ހެޔޮ ޢަމަލު (أحسن عملا) أحسن މިއީ الحسن ގެ اسم تفضيل […]