ނަރަކަ 35

ރިބާ ކެއުން: ރިބާއަކީ އެފާފައެއްގެ ސަބަބުން މީހާ ގެއްލެނިވި އަދި ހަލާކުކުރަނިވި ފާފައެކެވެ. ރިބާކެއުމަކީ ޙަރާމް ކަމެއްކަން އެނގިހުރެ އެކާމީހުންނާއި ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ. (…وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٧٥﴾) [سورة البقرة] މާނައީ: “އަދި، އަލުން (ރިބާ ކެއުމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.” އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا […]