- ރިބާ ކެއުން:
ރިބާއަކީ އެފާފައެއްގެ ސަބަބުން މީހާ ގެއްލެނިވި އަދި ހަލާކުކުރަނިވި ފާފައެކެވެ. ރިބާކެއުމަކީ ޙަރާމް ކަމެއްކަން އެނގިހުރެ އެކާމީހުންނާއި ބެހޭގޮތުން ﷲ ވަޙީކުރެއްވިއެވެ.
(…وَمَنْ عَادَ فَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ ﴿٢٧٥﴾) [سورة البقرة]
މާނައީ: “އަދި، އަލުން (ރިބާ ކެއުމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބަޔެކެވެ.”
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ.
(يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا الرِّبَا أَضْعَافًا مُّضَاعَفَةً ۖ وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ ﴿١٣٠﴾ وَاتَّقُوا النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾) [سورة آل عمران]
މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ގިނަގުނަވެގެންވާ ގުނަތަކެއްގެ ގޮތުގައި ތިޔަބައިމީހުން ރިބާ ނުކާށެވެ! އަދި، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.[130] އަދި، ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، ކާފިރުންނަށްޓަކައި ތައްޔާރުކުރައްވާފައިވާ ތަނެކެވެ.[131]”
އަދި ރަސޫލު ﷲ صلى الله عليه وسلم ވަނީ މިހާ ގެއްލި ހަލާކުކުރަނިވި ފާފަތަކުގެ ތެރެއިން ރިބާ ހިމަނުއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
(اجتَنبوا السَّبعَ الموبقاتِ . قالوا : يا رسولَ اللهِ : وما هنَّ ؟ قال : الشِّركُ باللهِ ، والسِّحرُ ، وقتلُ النَّفسِ الَّتي حرَّم اللهُ إلَّا بالحقِّ ، وأكلُ الرِّبا ، وأكلُ مالِ اليتيمِ ، والتَّولِّي يومَ الزَّحفِ ، وقذفُ المحصَناتِ المؤمناتِ الغافلاتِ)1
މާނައީ: ” ތިޔަބައިމީހުން ހަލާކުކުރަނިވި ހަތް ފާފަޔާއި ދުރުވާށެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީ ކޮންކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (އެއީ) ﷲ އަށް ޝިރުކުކުރުމާއި އަދި ސިޙުރުހެދުމާއި އަދި ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސެއް ޙައްޤަކާނުލާ ޤަތުލު ކުރުމާއި އަދި ރިބާ ކެއުމާއި އަދި ޔަތީމުންގެ މުދާ ކެއުމާއި އަދި ހަނގުރާމައިގައި ދުޝްމަނުންނާއި ބައްދަލުވާ ވަގުތު އެމައިދާނުން ފިލުމާއި އަދި ޢިއްފަތްތެރި ބަދުއަޚުލާޤީ ފާފަތަކުން ޣާފިލުވެފައިތިބި މުޢުމިން އަންހެނުންނަށް ޒިނޭގެ ތުހުމަތުއެޅުވުމެވެ.”
=ނުނިމޭ=
މިލިޔުމުގެ އެހެނިހެން ބައިތައް ބައްލަވާ
[1] رواه البخاري و ومسلم