ނިފާޤުކަން 3

ނިފާޤުގެ ވައްތަރުތައް ނިފާޤްކަން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ބޮޑު ނިފާޤުކަމާއި ކުޑަ ނިފާޤުކަމެވެ. އިބުން ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ” އަދި ނިފާޤުކަމަކީ ކުފުރު ފަދައިން ދެބަޔަކަށް ބެހިގެންވާ އެއްޗެކެވެ. އެއީ ދީނުން ބޭރުވާ ނިފާޤުކަމާއި ދީނުން ބޭރުނުވާ ނިފާޤުކަމެވެ. އެހެނީ ވަރަށް ގިނައިން ބުނެވެއެވެ. މިއްލަތުން ބޭރުވާ ކުފުރާއި މިއްލަތުން ބޭރު ނުވާ ކުފުރު ވެއެވެ. ހަމައެހެންމެ ނިފާޤުކަމުގައިވެސް ބޮޑު ނިފާޤު އަދި ކުޑަ ނިފާޤު ވެއެވެ.” 1. އިޢްތިޤާދުގައި ނިފާޤުވުން (ބޮޑު ނިފާޤުކަން) އެއީ މީހަކު […]