ނިފާޤުކަން 4

2. ޢަމަލުގައި ނިފާޤުވުން (ކުޑަ ނިފާޤުކަން) އެއީ ދީނުގައި ރައްކާތެރިވާންޖެހޭ ކަންކަން ސިއްރުގައި ދޫކުރުމެވެ. އަދި ބޭރުފުށުން އެކަންކަން ކުރާ ކަމުގައި ދެއްކުމެވެ. ނަމަވެސް އެއީ އޭނާގެ ހިތުގައި އީމާންކަމާއި ޞައްޙަ ޢަޤީދާވާ ޙާލުގައެވެ. އިބުން ރަޖަބު ވިދާޅުވެފައިވެއެވެ. “ކުޑަނިފާޤުކަމަކީ އެއީ ޢަމަލުތަކުގައި ނިފާޤުވުމެވެ. އެއީ މީހަކު އޭނާގެ ހެޔޮ ޢަމަލުތައް ބޭރުފުށުން ދެއްކުމެވެ. އަދި އެއާއި ޚިލާފަށް ހިތުތެރޭގައި ކަންކަން ފޮރުވުމެވެ.” އަދި ޢަމަލުން ކުރެވޭ ކުޑަނިފާޤުކަން މުސްލިމެއްގެ ހިތުގައި އީމާންކަމުގެ އަޞްލާއިއެކު ޖަމާވެދާނެއެވެ. އަދި […]