[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނިފާޤުކަން 4

nifaq2. ޢަމަލުގައި ނިފާޤުވުން (ކުޑަ ނިފާޤުކަން)

އެއީ ދީނުގައި ރައްކާތެރިވާންޖެހޭ ކަންކަން ސިއްރުގައި ދޫކުރުމެވެ. އަދި ބޭރުފުށުން އެކަންކަން ކުރާ ކަމުގައި ދެއްކުމެވެ. ނަމަވެސް އެއީ އޭނާގެ ހިތުގައި އީމާންކަމާއި ޞައްޙަ ޢަޤީދާވާ ޙާލުގައެވެ.

އިބުން ރަޖަބު ވިދާޅުވެފައިވެއެވެ. “ކުޑަނިފާޤުކަމަކީ އެއީ ޢަމަލުތަކުގައި ނިފާޤުވުމެވެ. އެއީ މީހަކު އޭނާގެ ހެޔޮ ޢަމަލުތައް ބޭރުފުށުން ދެއްކުމެވެ. އަދި އެއާއި ޚިލާފަށް ހިތުތެރޭގައި ކަންކަން ފޮރުވުމެވެ.”

އަދި ޢަމަލުން ކުރެވޭ ކުޑަނިފާޤުކަން މުސްލިމެއްގެ ހިތުގައި އީމާންކަމުގެ އަޞްލާއިއެކު ޖަމާވެދާނެއެވެ. އަދި އެކަންވަނީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައެވެ. ބޮޑުނިފާޤުކަމާއި ޚިލާފަށެވެ. އެހެނީ ބޮޑުނިފާޤުކަން މީހާގެ އީމާންކަން އެކީ އެކަށް ނަފީކުރެއެވެ. އަދި އަޅެއްގެ ހިތުގައި ﷲއަށް އީމާންވުމާއި ބޮޑުނިފާޤުކަން ޖަމާނުވާހުއްޓެވެ.

އެހެނެއްކަމަކު މީހެއްގެ ކިބައިގައި ކުޑަނިފާޤުކަން ފާޅުވެ ފުރިހަމަވެއްޖެނަމަ އެމީހަކު ބޮޑުނިފާޤުކަމުގެ ތެރެއަށް ހުށަހެޅި އެކީއެކަށް ދީނުން ބޭރުވުމަކީވެސް ވެދާނެކަމެކެވެ.

އަދި ޢަމަލުތަކުގައި ނިފާޤްވާ މީހާ ދާއިމަށް ނަރަކައިގައި ދެމިނުއޮންނާނެއެވެ. އެހެނެއްކަމަކު އޭނާއާމެދު ޙުކުމްކުރެވޭނީ ބޮޑެތި ފާފަތަކުގެ އަހުލުވެރިންނާމެދު ޙުކުމްކުރާ ފަދައިންނެވެ. ﷲ ތަޢާލާ އިރާދަކުރައްވައިފިނަމަ އެމީހަކަށް ފާފަފުއްސަވާ ސުވަރުގެ ވައްދަވައެވެ. އަދި އެއިލާޙް އިރާދަކުރައްވައިފިނަމަ އޭނާގެ ފާފަތަކަށް ޢަޒާބުދެއްވާ އެއަށްފަހު ސުވަރުގެ ވައްދަވައެވެ.

 =ނުނިމޭ=

މިލިޔުމުގެ އެހެނިހެން ބައިތައް