ސިޙުރުވެރިއެއްގެގޮތުގައި އުޅުމަށްފަހު، ތައުބާވި މީހަކާ ކުރެވިފައިވާ އިންޓަވިއުއެއް (2)

އަޅުގަނޑަށް އިޙްސާސްކުރެވެނީ އަޅުގަނޑަކީ މަތިވެރި، ޝައިޠާނުންނާ ދެކޮޅަށް މަސައްކަތްކުރާ، މުޞީބާތްތަކަށް ކެތްތެރިވާ މީހެއްގެ ގޮތުގައި. މިކަންކަމަށް އަޅުގަނޑަށް މަގުދެއްކެވީތީ ﷲއަށް އަޅުގަނޑު ޙަމްދުކުރަން. މިހާރު އަޅުގަނޑު މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަގަށް ދަޢުވަތު ދިނުމާއި، އިޞްލާޙުކުރުމަށް މަސައްކަތް ފަށާފައި.