ޞައްޙަ ޢަޤީދާގެ މުހިއްމުކަން 2

ޞައްޙަ ޢަޤީދާ އުނގެނޭންވީ އިންސާނާ ޝިރުކުން ސަލާމަތްވުމަށްޓަކައެވެ. ޝިރުކުން އިންސާނާ ސަލާމަތްކޮށްދޭ ހަމައެކަނިވަސީލަތަކީ ޞައްޙަ ޢަޤީދާ ދެނެގަތުމެވެ. ޞައްޙަ ޢަޤިދާ އަށް ޖާހިލުވުމަކީ އެންމެ ގިނަ ބަޔަކު ޝިރުކުގެ ވަޅުގަނޑުގެ ތެރެއަށް ވެއްޓިގެންދާ ސަބަބެވެ. ކުފުރާއި ޝިރުކުން ޢަޤީދާ ސަލާމަތްވެގެންވުމާއި ނުވުމަކީ އޭގެ މައްޗަށް އިންސާނާ ދާއިމީގޮތެއްގައި ނަރަކާގައި ވުމާ ނުވުން ބިނާވެފައިވާ ކަމެކެވެ. ނަރަކައިގެ ތާއަބަދަށްވުމާއި ނަރަކައިން ސަލާމަތްވުން ބިނާވެފައިވަނީ ޞައްޙަ ޢަޤީދާގެ މައްޗަށެވެ. ޝިރުކު ކުރާމީހާ އެ ޝިރުކުގެ ފާފައިގެ މަތީގައި ހުރެ މަރުވެއްޖެނަމަ، […]