އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 31

މާތްﷲ ރުއްސުންލެއްވި ޢިރްބާޟު ބުން ސާރިޔާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަހުރެމެންނަށް ބަލާޣާތްތެރި ނަސޭޙަތެއް ދެއްވިއެވެ. އެނަސޭޙަތުން ހިތްތައް ބިރުވެތިވެގެންދިޔައެވެ. އަދި ލޯތަކުން ކަރުނަތައް އޮހިގެންދިޔައެވެ. ފަހެ އަހުރެމެން ދަންނަވައިފީމުއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިޔަ ދެއްވި ނަސޭޙަތް، އަހަރުމެންނާ ވަކިވާންއުޅޭ މީހެއްގެ ނަސޭޙަތް ފަދައެވެ. ފަހެ، އަހުރެމެންނަށް ވަޞިއްޔަތެއްކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ. ((أُوصِيكُمْ بِتَقْوَى اللهِ وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا، فَإِنَّهُ […]