[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެނުންގެ ޙައްޤުތަކުގެ ޙަޤީޤަތް 31

womens rights

މާތްﷲ ރުއްސުންލެއްވި ޢިރްބާޟު ބުން ސާރިޔާގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް އަހުރެމެންނަށް ބަލާޣާތްތެރި ނަސޭޙަތެއް ދެއްވިއެވެ. އެނަސޭޙަތުން ހިތްތައް ބިރުވެތިވެގެންދިޔައެވެ. އަދި ލޯތަކުން ކަރުނަތައް އޮހިގެންދިޔައެވެ. ފަހެ އަހުރެމެން ދަންނަވައިފީމުއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ތިޔަ ދެއްވި ނަސޭޙަތް، އަހަރުމެންނާ ވަކިވާންއުޅޭ މީހެއްގެ ނަސޭޙަތް ފަދައެވެ. ފަހެ، އަހުރެމެންނަށް ވަޞިއްޔަތެއްކުރައްވާށެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.

((أُوصِيكُمْ بِتَقْوَى اللهِ وَالسَّمْعِ وَالطَّاعَةِ وَإِنْ كَانَ عَبْدًا حَبَشِيًّا، فَإِنَّهُ مَنْ يَعِشْ مِنْكُمْ يَرَى بَعْدِي اخْتِلَافًا كَثِيرًا، فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ، وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الْأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَإِنَّ كُلَّ بِدْعَةٍ ضَلَالَةٌ)) [رواه الترمذي وصححه الألباني]

މާނައީ:”ﷲ އަށް ތަޤުވާވެރިވުމަށާއި، އަޑުއަހާ ކިޔަމަންތެރިވުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތްކުރައްވަމެވެ. އެއީ ތިޔަބައިމީހުންގެ މައްޗަށް ޙަބަޝީއަޅަކު ވެރިކުރެވުނުކަމުގައި ވީނަމަވެސް މެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނަށްފަހު ތިޔަބައިމީހުންކުރެ ދިރިހުރެއްޖެމީހާ ދަންނާށެވެ. ފަހެ އޭނާއަށް ގިނަ އިޚްތިލާފުތަކެއް ފެންނާނެއެވެ. (އެހިނދު) ތިޔަބައިމީހުންގެ މައްޗަށްވަނީ ތިމަންކަލޭގެފާނުގެ ސުންނަތާއި، ހިދާޔަތް ލިބިގެންވާ ޚުލަފާއުއްރާޝިދީން (އަބޫ ބަކުރު، ޢުމަރު، ޢުޘްމާން، ޢަލީ) ގެ ގޮތުގައި ހިފެހެއްޓުމެވެ. އެގޮތުގައި ކޮލުދަތްތަކުން (އެބަހީ: ބާރަށް) ހިފަހައްޓާށެވެ. އަދި ދީނުގައި އުފެއްދޭ އާކަންތައްތަކުން (ބިދުޢަތަކުން) ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ)) [رواه مسلم]

މާނައީ:” ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. “އަހުރެމެންގެ، މިދީނުގައި ނެތް އާކަމެއްކޮށްފިމީހާ ދަންނާށެވެ. އެކަން (އޭނާގެ މައްޗަށް) ރައްދުކުރެވޭނެއެެވެ.”

މިއާޔަތްތަކާއި ޙަދީޘްތަކުގައި މިވާ ކަންކަމުން ސަލާމަތްވުމަށްޓަކައި، ރައްކާތެރިވުމަށްޓަކައި ކޮންމެ މުސްލިމް ފިރިހެނަކާއި އަންހެނަކަށްވެސް ޢިލްމަކީ މުހިންމު އެއްޗެއްކަމީ އެއްވެސް ޝައްކެއްނެތި އެނގެންއޮތް ހަޤީޤަތެކެވެ.

އަންހެނުންނަށް ތަޢުލީމު ދިނުމަކީ އޮތްކަމެއްކަން ރަސޫލާ صلى الله عليه وسلم ވަނީ ޢަމަލުން ދައްކުވައިދެއްވާފައެވެ. އެގޮތުން އަންހެނުންނަށް ޢިލްމު އުނގަންނަވައިދެއްވުމަށް ޚާއްޞަ މަޖިލިސްތަކެއް ހަމަޖައްސަވައި ކުރިއަށް ގެންދެވިއެވެ. އަދި ބައެއް ޞަޙާބީން ވަނީ އަންހެނުންނަށް އުނގަންވައިދެއްވުމަށް ހަމަޖައްސަވާފައެެވެ. އެހެންކަމުން އިސްލާމްދީނުގައި އަންހެނުން ތަޢުލީމު ޙާޞިލްކުރުން މަނާކުރާނެ އެއްވެސް ފުރުޞަތެއް ނެތެވެ.

= ނުނިމޭ =

_________________________

މިލިޔުމުގެ އެހެނިހެން ބައިތައް