އިސްލާމީ އަޚްލާޤުގެ މުހިއްމުކަން
![](https://dhisalafiyyah.net/wp-content/uploads/2016/01/13949284241.jpg)
އިސްލާމްދީނަކީ الله ތަޢާލާ މީސްތަކުން އުޅުމަށްޓަކައި ރުއްސަވާވޮޑިގަންނަވާ ގޮތެވެ. އިސްލާމްދީނުގައި ރިވެތިއަޚްލާޤަށް ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެވިފައިވެއެވެ. ރަސޫލުން ފޮނުއްވުނީ މައިގަނޑު ދެ މަޤްޞަދަކައިގެންނެވެ. އެއީ ތައުޙީދަށް ގޮވާލުމަށާއި ނަފުސުތަކުގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّمَا بُعِثتُ لِأُتَمِّمَ مَكَارِمَ الأَخلَاقِ)) 1މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަަމަކުރެއްވުމަށްޓަކައެވެ.” މުޅި ދީނަކީވެސް އަޚްލާޤެވެ. ދީން ބިނާވެފައިވަނީ الله އާ އަޅާއާ ދެމެދު އޮންނަ އަޚްލާޤާއި (ޞައްޙަ […]