مادة التوحيد ٥ ( ف 2 ، د 8 –ރަސޫލާ صلى الله عليه وسلم ގެ ދަޢުވަތު )
މާތް ﷲ އެކަލޭގެފާނު ފޮނުއްވީ ޝިރުކުކުރުމުން އިންޛާރު ކުރެއްވުމަށާއި އެއިލާހުގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށްޓަކައެވެ. މީގެ ދަލީލަކީ ﷲގެ ވަޙީބަސްފުޅެވެ. يَا أَيُّهَا الْمُدَّثِّرُ ﴿١﴾ قُمْ فَأَنذِرْ ﴿٢﴾ وَرَبَّكَ فَكَبِّرْ ﴿٣﴾ وَثِيَابَكَ فَطَهِّرْ ﴿٤﴾ وَالرُّجْزَ فَاهْجُرْ ﴿٥﴾ وَلَا تَمْنُن تَسْتَكْثِرُ ﴿٦﴾ وَلِرَبِّكَ فَاصْبِرْ ﴿٧﴾ ([1]) މާނައީ: “އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ.[1] ކަލޭގެފާނު ތެދުވެވަޑައިގެން އިންޛާރުކުރައްވާށެވެ.[2] އަދި ކަލޭގެފާނުގެ ރައްބު ބޮޑުކަން ހާމަކުރައްވާށެވެ.[3] އަދި ކަލޭގެފާނުގެ ފޭރާން ޠާހިރުކުރައްވާށެވެ.[4] އަދި ބުދުތަކާ ދުރުވެވަޑައިގަންނަވާށެވެ.[5] އަދި ބަދަލުގައި އެއްޗެއް ހޯދުމަށް އެދިވަޑައިގެން (މީހަކަށް) އެއްޗެއް ނުދެއްވާށެވެ.[6] […]